Sep 20th

އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުންގެ ބައްދަލުވުމެއް ބާއްވައިފި

އަތޮޅުކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ ބައްދަލުވުމެއް މިއަދު އިދާރާގެ ޖަލްސާކުރާ މާލަމުގައިވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުގައި މިއަދު އޮފީހަށް ހާޟިރުވި މުވައްޒަފުންގެ ތެރެއިން 14 މުވައްޒަފުން ބައިވެރިވެ ލެއްވި އެވެ. އަދި މީގެ އިތުރުން އަތޮޅުކައުންސިލްގެ ރައީސް ޙުސައިން އާދަމް ، ކައުންސިލްގެ ނާއިބް ރައީސް މުޙަންމަދު ޚަލީލު ބައިވެރިވެ ވަޑައިގެންނެވި އެވެ.   މި ބައްދަލުވުމުގައި ކައުންސިލް އިދާރާގައި ވަރަށް ބޮޑެތި މަރާމާތުތައް ކުރެވި ބޭނުންވާ ފަރނީޗަރ ތަކާއި ކޮމްޕިއުޓަރ ތައް އާކޮށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށް [...]

ތަފްސީލް
Sep 20th

އަތޮޅުކައުންސިލް އިދާރާގެ މަރާމާތުގެ މަސައްކަތް ނިމި އޮފީސް ފަރނިޗަރ ތައް ބަދަލުކޮށްފި

އަތޮޅުކައުންސިލްގެ އިދާރާގައި ކުރަމުން އައި މަރާމާތުގެ މަސައްކަތް ނިންމާ އިދާރާގެ ފަރނީޗަރތައް ބަދަލުކޮށް 18 ސެޕްޓެމްބަރ 2016 ގައި ރަސްމީ ގޮތުން ބޭނުންކުރަންވަނީ ފަށާފައެވެ.   މި ގޮތުން އެޑްމިން އެންޑް އެޗް.އާރ ސެކްޝަން އާއި ޕޮލިސީ ޑިވެލޮޕްމަންޓް އެންޑް މޮނިޓަރިން ސެކްޝަންގެ މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަށީގެންވާ ރަނގަޅު ފެންވަރެއްގެ މަސައްކަތްކުރެވޭނެ މާހައުލެއް މިހާރު ވަނީ ޤާއިމްކޮށްދެވިފައެވެ.

ތަފްސީލް
Sep 18th

ވިލިނގިލީ ޔޫތު ސެންޓަރގެ އޮފީސް ބައި ހިމެނޭ ޢިމާރާތް މަރާމާތުކުރުމުގެ އެގްރީމެންޓްގައި ސޮއިކޮށްފި

ޔޫތު ސެންޓަރުގެ އޮފީސްބައި ހިމެނޭ އިމާރާތް މަރާމާތުކުރުމަށްޓަކައި އޭ.އެފް.އެލް ކޮންސްޓްރަކްޝަން އާއި އަތޮޅުކައުންސިލް އާއި ދެމެދު މިއަދު އެގްރީމެންޓް ގައި ސޮއިކުރެވިއްޖެ އެވެ.   މި އެގްރީމެންޓްގައި ގއ.އޭ.އެފް.އެލް ގެ ފަރާތުން ސޮއިކުރެއްވީ އައްސަދު އަޙުމަދު އެވެ. ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޙުސައިން އާދަމެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 260،460.00 ރުފިޔާ އެވެ. މި މަސައްކަތް ނިމޭއިރު، އިމާރާތާއި، އިމާރާތުގެ ބޭރުން ވަދެވޭ ގޮތަށް ހުރި 2 ފާޚާނާ އާއި ކޮރިޑޯ މަރާމާތު [...]

ތަފްސީލް