Feb 26th

ގއ. އަތޮޅުކައުންސިލްގައި ލާމަރުކަޒީ ދުވަސް ފާހަގަ ކޮށްފި

ދިވެހިރާއްޖޭގެ ލާމަރުކަޒީ ދުވަސްގެ ގޮތުގައި ފެބްރުއަރީ މަހުގެ 26 ވަނަ ދުވަސް ފާހަގަކުރައްވަން ލޯކަލް ގަވަރމެންޓް އޮތޯރިޓީން ހަމަޖެއްސެވުމާއި ގުޅިގެން މިދުވަސް ފާހަގަކުރުމަށް ގއ. އަތޮޅުކައުންސިލް އިދާރާގައި މިއަދު ހެނދުނު 10.00 ގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ގއ. އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން އާދަމެވެ. މިރަސްމިއްޔާތުގައި ގއ. ވިލިނގިލީ ކައުންސިލްގެ ރައީސް އާއި އަތޮޅުކައުންސިލް މެމްބަރުންނާއި މުވައްޒަފުންގެ އިތުރުން ގއ.ވިލިނގިލީ ސެކްޓަރ ތަކުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.   [...]

ތަފްސީލް
Feb 25th

މީރާ ގެ ޓީމުގެ ފަރާތުން އަތޮޅުކައުންސިލާއި ބައްދަލުކުރައްވައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ޔަޒީދު މުޙަންމަދާއި، މީރާގެ އިސް ބޭފުޅުން މިއަދު ވިލިނގިއްޔަށް ވަޑައިގެން، އަތޮޅުކައުންސިލާއެކު ބައްދަލުވުމެއް ބާއްވައިފި އެވެ.   މި ބައްދަލުވުމުގައި މިއަތޮޅުގައި މީރާއިން ހުޅުވަން ނިންމާފައިވާ ކަލެކްޝަން ސެންޓަރ ހުޅުވުމަށް ކުރަންޖެހޭ ކަންތައްތަކާމެދު މަޝްވަރާކުރައްވައި ޓެކްސްނިޒާމާއިބެހޭ މަޢުލޫމާތު ކައުންސިލަރުންނާއި ހިއްސާކުރެއްވި އެވެ.   މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން އާދަމާއި، ނާއިބް ރައީސް މުޙަންމަދު ޚަލީލާއި، މެމްބަރ އިބްރާހީމް [...]

ތަފްސީލް
Feb 22nd

ގއ. ކޮލަމާފުށީގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫޢޫގެ އަމަލީ މަސައްކަތް އިފްތިތާޙް ކޮށްފި

ގއ. ކޮލަމާފުށީގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް 20 ފެބްރުއަރީ 2017 ވަނަ ދުވަހުގެ ހަވީރު 4.50 ގައި އިފްތިތާޙް ކޮށްފިއެވެ.    66.7 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ދިވެހި ސަރުކާރުން މި ހިންގަވާ މަޝްރޫޢަކީ އޯޕެކް ފަންޑުންނާއި ، ދިވެހިސަރުކާރުގެ ބަޖެޓް ޚަރަދު ކުރައްވައިގެން ކުރިޔަށް ގެންދަވާ މަސައްކަތެކެވެ. ގއ. ކޮލަމާފުށީގައި މިއަދު މިފެށުނު މަޝްރޫޢުގެ ކޮންޓްރެކްޓަރ އަކީ އެމް ޑަބްލިއު އެސް ސީ އެވެ. މިމަޝްރޫޢޫގެ އަމަލީ މަސައްކަތް މިއަހަރުގެ [...]

ތަފްސީލް
Feb 15th

ގއ.އަތޮޅުކައުންސިލް އިދާރާގެ ކަނޑުއުޅަނދުތައް އިންޝުއަރެންސް ކުރުމާއިބެހޭ

kandu ulhandhu Insurence

ތަފްސީލް
Feb 15th

ގއ.އަތޮޅުގޭގެ އޭ.ސީތައް މަރާމާތުކުރުން

AC maraamaathu

ތަފްސީލް
Feb 13th

ގއ.އަތޮޅުކައުންސިލްގެ ފަރާތުން ރަށުކައުންސިލްތަކާއި ރައްޔިތުންނާއި ބައްދަލުކުރައްވައިފި

ގއ. އަތޮޅުކައުންސިލްގެ ފަރާތުން އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުގައި މި އަދު މިއަތޮޅު ކަނޑުހުޅުދުއަށް ވަޑައިގެން، ކަނޑުހުޅުދޫ ކައުންސިލާއި ބައްދަލުކުރައްވައިފި އެވެ.  އަތޮޅުކައުންސިލްގެ ފަރާތުން ކަނޑުހުޅުދޫ ކައުންސިލްއާއި އެކު މި ބޭއްވުނު ބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ރައީސް ޙުސައިން އާދަމް މިއަދު އެ ކައުންސިލަށް އިންތިޚާބުކުރެވުނު ރައީސް ނަޖާޙު މުޙަންމަދު އަށް މަރުޙަބާ ވިދާޅުވި. އަދި ބައްދަލުވުމުގައި މިހާރު އަތޮޅުކައުންސިލްއިން ރާވާފައިވާ މިއަހަރުގެ މަސައްކަތު ތާވަލުގައިވާ ކަންތައްތައް ހިއްސާކުރައްވާފައިވޭ. އަދި މީގެ އިތުރަށް ކައުނސިލްތައް [...]

ތަފްސީލް
Feb 13th

ގއ.ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރައްވައިފި

ގއ. ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ނުކުރެވި ގިނަދުވަސްތަކެއް ވަމުންދާތީ، ރައީސަކު އިންތިޚާބުކުރުމުގެ ކަންތައްތައް ނިންމުމަށް ލޯކަލް ޤަވަރމަންޓް އޮތޯރިޓީން ގއ.އަތޮޅުކައުންސިލަށް އެންގެވުމާއި ގުޅިގެން މިއަދު 12 ފެބްރުއަރީ 2017 ވަނަ ދުވަހުގެ 10:25 ގައި ގއ. ކަނޑުހުޅުދޫ އަށް އަތޮޅުކައުންސިލްގެ ޓީމެއް ވަޑައިގެން އެ ކައުންސިލްގެ ރައީސް ހޮއްވެވުމުގެ އިންތިޚާބާއިބެހޭ ކަންތައްތައް ބޭއްވިފައިވޭ. މިކަމަށްޓަކައި ކަނޑުހުޅުދޫ ކައުންސިލްގައި ބޭއްވުނު ކައުންސިލްގެ 123 ވަނަ ބައްދަލުވުން ފެށިފައިވަނީ މިއަދު 11:00 ގައި.  ކައުންސިލްގެ [...]

ތަފްސީލް
Feb 05th

ވިލިނގިލީ ޔޫތު ސެންޓަރގެ ބާސްކެޓް ކޯޓް ތަރައްޤީކުރުމުގެ މަސައްކަތު އެއްބަސްވުމުގައި ސޮއިކޮށްފި

           ގއ. ވިލިނގިލީ ޔޫތު ސެންޓަރގެ ބާސްކެޓް ކޯޓް ތަރައްޤީކުރުމުގެ މަސައްކަތު އެއްބަސްވުމުގައި 04 ފެބްރުއަރީ 2017 ގައި ސޮއިކޮށްފި އެވެ. ގއ. ވިލިނގިލީ އެން.އެސް އާރ އިންވެސްޓް މެންޓާއި ގއ.އަތޮޅުކައުންސިލާއި ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ޒަމާނީ ފެންވަރުގެ ބާސްކެޓް ކޯޓެއް 13 ދުވަހުގެ ތެރޭގައި ޔޫތު ސެންޓަރގައި ތަރައްޤީ ކުރެވިގެންދާނެ އެވެ.   މި މަސައްކަތުގެ އެއްބަސްވުމުގައި އަތޮޅުކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ނާއިބްރައީސް މުޙަންމަދު ޚަލީލެވެ. އެން.އެސް އާރ އިންވެސްޓްމެންޓް ގެ [...]

ތަފްސީލް
Feb 01st

ހައުސިން މިނިސްޓްރީގެ ޓީމާއިއެކު ބޭއްވުނު ބައްދަލުވުން

         މިއަތޮޅުގެ ރަށްރަށުގައި ސަރުކާރުން ހިންގަވަމުން ގެންދަވާ ތަރައްގީގެ މަޝްރޫއުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށާއި އަދި ރައްޔިތުންނަށް ދަތިވާ ކަންތައްތައް ފާހަގަކޮށް އެކަންކަމާއިމެދު މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރ ގެ ފަރާތުން ވަޑައިގެންނެވި ޓީމުގެ ބޭފުޅުންނާއިއެކު ބޭއްވުނު ބައްދަލުވުން 27 ޖެނުއަރީ 2017 ދުވަހުގެ ރޭ އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވިފައިވެއެވެ. މިބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް  މުހައްމަދު ޚަލީލެވެ. މީގެ އިތުރުން [...]

ތަފްސީލް
Feb 01st

މުވައްޒަފުންގެ ބައްދަލުވުން ބޭއްވުން

         2017 ވަނަ އަހަރުގެ މުވައްޒަފުންގެ ފުރަތަމަ ބައްދަލުވުން 22 ޖެނުއަރީ 2017 ގައި ބޭއްވިފައިވެއެވެ.މިބައްދަލުވުމުގައި ކައުންސިލަރުންނާއި މުވައްޒަފުންގެ ތެރެއިން މިއަދުގެ މަސައްކަތަށް ހާޟިރުވި ހުރިހާ މުވައްޒަފުން ބައިވެރިވެ ލައްވާފައިވެއެވެ. މިބައްދަލުވުމުގައި މުވައްޒަފުންނަށް ދިމާވެފައިވާ ދަތިތަކުގެ މައްޗަށް ބައްލަވާ ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ދެވޭ ޚިދްމަތުގެ ފެންވަރު ރަގަޅުކޮށް އަވަހަށް ޚިދްމަތް ފޯރުކޮށްދެވޭނެ ގޮތްތަކާއިމެދު ވާހަކަ ދެކެވިފައިވެއެވެ. މި ބައްދަލުވުމުގައި ޑިރެކްޓަރ އަދި ޒިންމާދާރު ވެރިޔާ އަލްފާޟިލް މުހައްމަދު ނަޞީރު އަލީ ވިދާޅުވީ 1 ޖެނުއަރީ [...]

ތަފްސީލް