Apr 30th

ގެސްޓްހައުސް ތައް ރަޖިސްޓްރީކުރުމާއި ރަޖިސްޓްރީ އާކުރުމަށްޓަކައި އިންސްޕެކްޓް ކުރާނެ ގޮތާއި ބެހޭ މައުލޫމާތު ސެޝަނެއް ބާއްވައިފި

ޓުއަރިޒަމް މިނިސްޓްރީ ގެ ފަރާތުން އަތޮޅުކައުންސިލްގެ މުވައްޒަފުންނާއި ވިލިނގިލީ ކައުންސިލްގެ މުވައްޒަފުންނަށް އަމާޒްކޮށްގެން ” ގެސްޓްހައުސް ތައް އަލުން ރަޖިސްޓްރީ ކުރުމާއި، ރަޖިސްޓްރީ އާކުރުމަށްޓަކައި އިންސްޕެކްޓް ކުރާނެ ގޮތުގެ މަޢުލޫމާތު ސެޝަނެއް  29 އޭޕްރީލް 2017 ވީ ހޮނިހިރު ދުވަހު އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވައިފި އެވެ.   މި ސެޝަނުގައި މަޢުލާތު ދެއްވީ ޓުއަރިޒަމް މިނިސްޓްރީގެ ދެ އަންހެން ކަނބަލުންނެވެ.  މައޫލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެފައިވަނީ އަތޮޅުކައުންސިލްގެ 8 މުވައްޒަފުން އަދި ވިލިނގިލީ ކައުންސިލްގެ 5 ބޭފުޅުންނެވެ.

ތަފްސީލް
Apr 25th

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އަތޮޅުކައުންސިލް ގުޅިގެން ” ނެވިމީހާ ” މި ނަމުގައި ޕްރޮގްރާމެއް ހިންގައިފި

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ، ހެދިފައިވާ ގާނޫނާއި ގަވައިދުތަކަށް ހޭލުންތެރިކުރުމަށްޓަކައި ގއ. ވިލިނގިލީގެ އޮޑިދޯނި ފަހަރުގެ ކެޔޮޅުންނަށް އަމާޒްކޮށްގެން މޯލްޑިވްސް ޕޮލިސްސަރވިސް އާއި ގއ. އަތޮޅުކައުންސިލް އިދާރާއާއި ގުޅިގެން ” ނެވިމީހާ ” ގެ ނަމުގައި މައުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަންތަކެއް 20 އެޕްރީލް  2017 ގައި ގއ. އަތޮޅުކައުންސިލް އިދާރާގައި ހިންގައިފިއެވެ.   މި ޕޮރްގްރާމްގައި ބައިވެރިންނަށް މައުލޫމާތު ދެއްވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެރިން ޕޮލިސްގެ އިސްބޭފުޅުންނާއި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ [...]

ތަފްސީލް
Apr 19th

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަތޮޅަށް ޚާއްޞަކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމް ފެށެނީ..

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މި އަތޮޅަށް އަމާޒް ހިންގަވަން ރާއްވަވާފައިވާ ނެވިމީހާގެ ނަމުގައި ބާއްވާ ޚާއްޞަ ތަމްރީނު ޕްރޮގްރާމް ފެށުމަށް ވަނީ ހަމަޖެހިފައި އެވެ. މި ޕްރޮގްރާމް ފެއްޓެވުމަށްޓަކައި ކުރަންޖެހިފައިވާ މަސައްކަތްތަކާއި ބެހޭ ގޮތުން ޕޮލިސް ގެ އިސްބޭފުޅުންގެ ޓިމަކާ އެކު މިއަދު އަތޮޅުކައުންސިލްގެ އިދާރާގައި ބައްދަލުވުމެއް ބޭއްވިފައިވެ އެވެ.   މި ބައްދަލުވުމުގައި މި ތަމްރީނު ޕްރޮގްރާމާއިބެހޭ މަޝްވަރާކޮށް، މިކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ކަންތައްތަކާމެދު ވާހަކަ ދެކެވިފައިވެ އެވެ.  

ތަފްސީލް
Apr 11th

އަތޮޅުކައުންސިލް އިދާރާގެ ލޯންޗް ޑްރައިވަރ

5 no iulaan

ތަފްސީލް