Aug 21st

ކުނިމެނޭޖް ކުރުމާއިބެހޭ މައުލޫމާތު ހޯދުމަށް ގދ. ފަރެސްމާތޮޑާއަށް ދަޖުރިބާ ދަތުރެއް ކޮށްފި

ނިމިގެންދިޔަ ޖުލައި މަހުގެ 17 އިން 20 އަށް ގއ. ވިލިނގިލީގައި ބޭއްވުނު ސާފް ދިވެހިރާއްޖެ ސަރަހައްދީ މަހާސިންތާއަށް ފަހު ގއ. އަތޮޅުގެ ހުރިހާ ރަށަކުން ކުނި މެނޭޖްކުރުމާއިބެހޭގޮތުން ޕްލޭނެއް ތައްޔާރުކުރުމަށްޓަކައި މައުލޫމާތު ހޯދުމުގެ ދަތުރެއް ގދ. ފަރެސް މާތޮޑާއަށް ކުރުމަށް ނިންމުމާއިގުޅިގެން 16 އޮގަސްޓް 2017 އިން 17 އޮގަސްޓް 2017 އަށް ގދ. ފަރެސް މާތޮޑާއަށް ގއ. އަތޮޅުގެ 9 ރަށުގެ ތެރެއިން ކަނޑުހުޅުދޫ ފިޔަވައި އެހެން ހުރިހާ ރަށަކުން މައުލޫމާތު ހޯދުމުގެ ތަޖުރިބާ [...]

ތަފްސީލް
Aug 13th

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 10ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 10 ވަނަ ބައްދަލުވުން 08  އޯގަސްޓް 2017 ގައި ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވިފައިވެ އެވެ.  މިބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:-   އަތޮޅުގޭގެ ކޮޓަރި ކުލި ކަނޑައަޅައި ފާސްކުރުން. ނިންމެވި ގޮތް:         އިތުރަށް މިކަމާބެހޭ ގޮތުން  މަޝްވަރާކޮށް ވާހަކަ ދެއްކުމަށް ފަހު، ކޮޓަރިތައް ކެޓަރގަރައިޒްކޮށް ދެންއޮންނަ ބައްދަލުވުމަށް ހުށަހެޅުއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ. ކައުންސިލަރުންނަށް އަދި އެހެން ބޭފުޅުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް އިތުރުވެހި ކަލެއް ( ސައިކަލެއް) ހޯދުން [...]

ތަފްސީލް
Aug 13th

ހުވަދުއަތޮޅުއުތުރުބުރީ 3ވަނަ އަތޮޅު ކައުންސިލްގެ 9ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 9 ވަނަ ބައްދަލުވުން  01 އޯގަސްޓް 2017 ގައި ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:-  150 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ އޯކިޑް ލޯންޗަށް 2 އިންޖީނު ގަތުމަށް  ނިންމަވާފައިވާ ނިންމުން ރިވައިޒުކުރުން   މިކަން ނިންމެވީ:           ކައުންސިލްގެ 2 ވަނަ ދައުރުގެ 150 ވަނަ  ބައްދަލުވުމުން  ނިންމަވާފައިވާ  ނިންމުން ރިވައިޒްކޮށް، މިވަގުތު ބަޖެޓްގެ ހާލަތު ހުރިގޮތުން އޯކިޑް ލޯންޗުން ނަގާފައިވާ 2 އިންޖީނު މަރާމާތް ކުރުމަށާއި، އަދި އެކަމާއި ބެހޭ [...]

ތަފްސީލް
Aug 13th

އީޕީއޭ ގެ ވަފުދާއިއެކު އަތޮޅުކައުންސިލުން ބައްދަލުވުމެއް ބާއްވައިފި

މިއަތޮޅަށް އައި ކާގޯ ބޯޓެއް ކޫއްޑޫ ހުޅަނގުފަރާތުން ފަރަށް އުރިފައިވާތީ ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން މިއަތޮޅަށް ވަޑައިގެންނެވި ވަފުދުގެ  ބޭފުޅުން 12 އޮގަސްޓް 2017 ވީ ހޮނިހިރު ދުވަހު 13.00 ގައި އަތޮޅުކައުންސިލާއި ބައްދަލުކުރައްވައިފި. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ބައްދަލުވުމުގައި އީޕީއޭގެ ވަފުދުގެ އިތުރުން އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ފުއާދާއި ، ކައުންސިލް މެމްބަރ އަލްފާޟިލް ޙުސައިން އާދަމާއި ، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު [...]

ތަފްސީލް
Aug 10th

ވިލާ ކޮލެޖާއިއެކު އަތޮޅުކައުންސިލުން ބައްދަލުވުމެއް ބާއްވައިފި

ވިލާ ކޮލެޖްގެ ފަރާތުން ހިންގަވަމުންގެންދަވާ ކޯސްތައް މިއަތޮޅުގައި ހިންގުމާއިމެދު އަތޮޅުކައުންސިލާއި މަޝްވަރާކުރުމަށްޓަކައި އެކޮލެޖްގެ ފަރާތުން ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން  މިއަދު އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައިފި . ވިލާ ކޮލެޖްގެ ފަރާތުން ވަޑައިގެންނެވި ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ އެކޮލެޖުގެ ވައިސް ރެކްޓަރ ޑޮކްޓަރ މުޙައްމަދު އާދިލެވެ. އަތޮޅުކައުންސިލްގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި  އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ފުއާދާއި ، ނާއިބްރައީސް އަލްފާޟިލް އަހްމަދު ނަޒްމީން އާއި ކައުންސިލަރ އަލްފާޟިލް ހުސައިން އާދަމްގެ އިތުރުން ޑިރެކްޓަރ އަލްފާޟިލް [...]

ތަފްސީލް
Aug 08th

ގއ. ނިލަންދޫ ކައުންސިލް ކަޕް ނިމުން ފާހަގަކުރުން

ގއ. ނިލަންދޫ ކައުންސިލް އިދާރާއިން ބޭއްވި މިއަހަރު ގެ ކައުންސިލް ކަޕް ” ފުޓްސެލް މުބާރާތުގެ ” ނިމުން ފާޙަގަކުރީ 4 އޮގަސްޓް 2017 ވީ ހުކުރު ދުވަހުއެވެ. ކައުންސިލް ކަޕް ފުޓްސެލް މުބާރާތުގެ ޗެމްޕިއަންޓީމަށް ތައްޓާއި މެޑަލް ދެއްވީ މުބާރާތުގެ ފައިނަލް މެޗަށް ފަހު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް އަޙްމަދު ނަޒްމީން އެވެ. މިރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ނާއިބްރައީސްގެ އިތުރަށް އަތޮޅު ކައުންސިލްގެ ޑިރެކްޓަރ އަލްފާޟިލް މުހައްމަދު ނަޞީރު އަލީ ބައިވެރިވެ [...]

ތަފްސީލް
Aug 08th

ލިލީ ލޯންޗުގެ ފަހަތު ބައި މަރާމާތުކުރަން ބަޔަކާއި ޙަވާލުކޮށްފި

ގއ. އަތޮޅުކައުންސިލްގައި ބޭނުންކުރަމުންދާ ލިލީ ލޯންޗްގެ އިންޖީން ހަރުކޮށްފައިވާ ފަހަތު ބައި ކަނޑައިގެންގޮސްފައިވާތީ ލޯންޗުގެ ފަހަތުބައި މަރާމާތުކޮށް ރަގަޅުފެންވަރަކަށް ހެދުމަށްޓަކައި ގއ. ވިލިނގިލީ ފިނޮޅު މުހައްމަދު ރަޝީދާއި 6 އޮގަސްޓް 2017 ގައި ވަނީ ހަވާލުކުރެވިފައެވެ. 34700.00 ރުފިޔާއަށް ޙަވާލުކުރެވުނު މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ގއ. އަތޮޅުކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ފުއާދެވެ. މި އެއްބަސްވުމުގެ ދަށުން މިމަސައްކަތް 5 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ތަފްސީލް
Aug 08th

ގއ. ގެމަނަފުށި ކައުންސިލް ޤުރްއާން މުބާރާތް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވުން

ގއ. ގެމަނަފުށި ކައުންސިލުން ކޮންމެ އަހަރަކު އިންތިޒާމް ކޮށްގެން ބާއްވަމުންގެންދަވާ ގެމެނަފުށި ކައުންސިލް ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު 5 އޮގަސްޓް 2017 ގައި ގއ. ގެމަނަފުށީގައި ބާއްވައިފި. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ގއ. އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ފުއާދު . އަތޮޅުކައުންސިލްގެ ރައީސްގެ އަރިހުގައި  އަތޮޅުކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް އަހްމަދު ނަޒްމީން އާއި ، ގއ.ވިލިނގިލީ ކައުންސިލްގެ ރައީސް އަލްފާޟިލް މުސްޠަފާ މުޙައްމަދާއި ، އަތޮޅުކައުންސިލްގެ ޑިރެކްޓަރ އަލްފާޟިލް މުހައްމަދު ނަޞީރު އަލީ އާއި ، [...]

ތަފްސީލް