Mar 18th

އަތޮޅުކައުންސިލްގެ29 ވަނަ ބައްދަލުވުމުގެ ނިންމުން

29 vana bahdhaluvun ninmmi kanathah

ތަފްސީލް
Mar 18th

ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިންގެ މަސައްކަތްތައް ސްޕަވައިޒްކުރުން

މިއަތޮޅު ރަށްރަށުގެ ކައުންސިލްތަކުގައި މަސައްކަތްކުރައްވާ ސިވިލްސަރވިސްގެ ޒިންމާދާރުވެރިންގެ މަސައްކަތްތައް ސްޕަވައިޒްކުރުމަށްޓަކައި 13 މާރޗް 2018 ގައި ބައެއް ކައުންސިލްތަކަށް ޒިޔާރަތް ކުރެވިފައިވެއެވެ. މިގޮތުން މިއަތޮޅު ކަނޑުހުޅުދޫ ގެމަނަފުށި ، ދާންދޫ ، އަދި ނިލަންދޫ ކައުންސިލަށް ޒިޔާރަތްކޮށް ޒިންމާދާރު ވެރިންގެ މަސައްކަތްތައް ސްޕަވައިޒް ކުރެވިފައި ވެއެވެ. ރަށްރަށަށް މިކުރެވުނު ދަތުރުގައި ބައިވެރިވެ ވަޑައިގެންނެވީ އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރު އަލީ އާއި ، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޙަސަނެވެ.

ތަފްސީލް
Mar 15th

އަތޮޅުކައުންސިލްގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި

ލޯކަލްގަވަރމެންޓް އޮތޯރިޓީގެ ހުއްދަނެތި ބޭރުގެ އެމްބަރސެޑަރަކާއި އަތޮޅުކައުންސިލުން ބައްދަލުކޮށްފަވާތީ 13 ޑިސެމްބަރ 2017 ގައި 3 މަސްދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރި މިއަތޮޅު އަތޮޅުކައުންސިލްގައި ހިމެނިވަޑައިގަންނަވާ 3 މެމްބަރުން ސަންޕެންޝަންގެ މުއްދަތު 13 މާރޗް 2018 އަށް ހަމަވުމާއި ގުޅިގެން 14 މާރޗް 2018 ގައި އެބޭފުޅުންގެ ރަސްމީ މަސައްކަތަށް ނުކުންނަވާ 3 ވަނަ އަތޮޅުކައުންސިލްގެ 29 ވަނަ އާންމު ބައްދަލުވުން މިއަދު 10.30 ގައި ބާއްވައިފި   މި ބައްދަލުވުމުގައި މިއަހަރަށް ފާސްކުރަންޖެހޭ އަތޮޅުކައުންސިލްގެ 2018 [...]

ތަފްސީލް
Mar 15th

ސަންޕެންޝަންގެ މުއްދަތުހަމަވުމުން ކައުންސިލަރުން އަލުން މަސައްކަތަށް ނުކުންނަވައިފި

ލޯކަލްގަވަރމެންޓް އޮތޯރިޓީގެ ހުއްދަނެތި ބޭރުގެ އެމްބަރސެޑަރަކާއި އަތޮޅުކައުންސިލުން ބައްދަލުކޮށްފަވާތީ 13 ޑިސެމްބަރ 2017 ގައި 3 މަސްދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރި މިއަތޮޅު އަތޮޅުކައުންސިލްގައި ހިމެނިވަޑައިގަންނަވާ 3 މެމްބަރުން ސަންޕެންޝަންގެ މުއްދަތު 13 މާރޗް 2018 އަށް ހަމަވުމާއި ގުޅިގެން 14 މާރޗް 2018 ގައި އެބޭފުޅުންގެ ރަސްމީ މަސައްކަތަށް ކައުންސިލަށް ނުކުމެވަޑައިގެންފިއެވެ. މިއަދު ހެނދުނު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 3 ކައުންސިލަރުން ކައުންސިލަށް ވަޑައިގަތުމުން އެ 3 ބޭފުޅުންނަށް ކައުންސިލްގެ މުވައްޒަފުން ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. މިގޮތުން [...]

ތަފްސީލް
Mar 08th

އަތޮޅުގެ އެތެރެވަރީގެ ފަރުތަކުގައި ބައްތިޖެހުން

މިއަތޮޅު އެތެރެވަރީގެ ފަރުތަކުގައި ޖަހާފައިވާ ބައްތިތަކުގެ ތެރެއިން ގިނަ ބައްތިތަކެއް  ނުދިއްލޭތީ އެކަމުގެ ޝަކުވާތައް ލިބެމުންދިއުމާއިއެކު އެކަންކަން ހައްލުކުރުމަށްޓަކައި 2016 ވަނަ އަހަރުން ފެށިގެން މިއިދާރާއިން ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން 2016 ވަނަ އަހަރުގެ ތެރޭ އެތެރެވަރީގެ ފަރުތަކުގެ ތެރެއިން 9 ފަރެއްގައި ބައްތި ޖެހިފައިވެއެވެ. އަދި މިއަހަރުގެ ތެރޭގައި ފެށި 2 ވަނަ ފިޔަވަހީގެ ދަށުން މިއަތޮޅު މައްތިދޫ ، އަލިގަލާ ، މާދޮރަގައްލާ ، މުތަގައްލާ ، ހިތާދޫ ގަލާ ، [...]

ތަފްސީލް