Jan 31st

އަތޮޅުކައުންސިލްގެ ފަރާތުން މިނިސްޓަރ އޮފް ހެލްތް އޮނަރަބްލް ޢަބުދުﷲ ޢަމީން އާއި ބައްދަލުކުރައްވައިފި

އަތޮޅުކައުންސިލްގެ ފަރާތުން 30 ޖެނުއަރީ 2019 ގައި މިނިސްޓަރ އޮފް ހެލްތް އޮނަރަބްލް ޢަބުދުﷲ އަމީން އާއި ބައްދަލުކުރައްވައިފި. މި ބައްދަލުވުމުގައި އަތޮޅު ހޮސްޕިޓަލްގައި ހުރި ދަތިތަކާއި، ޢިމާރާތުގެ ހާލަތު ބަޔާންކޮށް އާ ޢިމާރާތެއް އެޅޭނެގޮތް ހަމަޖެއްސުމާބެހޭ ގޮތުން މަޝްވަރާކުރެވުނު. އަދީ މީގެ އިތުރުން ޑެންޓަރ ސަރވިސް ފުރިހަމަޔަށް ލިބޭނެގޮތް ހަމަޖެއްސުމާއި، އިމާރާތުގައި ކުރަންހުރިމަރާމާތު ތައް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވި

ތަފްސީލް
Jan 31st

އަތޮޅުކައުންސިލްގެ ފަރާތުން މިނިސްޓްރީ އޮފް ޓްރާންސްޕޯރޓްގެ ސްޓޭޓް މިނިސްޓަރާއި ބައްދަލުކުރައްވައިފި

އަތޮޅުކައުންސިލްގެ ފަރާތުން 30 ޖެނުއަރީ 2019 ވަނަ ދުވަހު ޓްރާންސްޕޯރޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާއި ބައްދަލުކުރައްވައިފި މިބައްދަލުވުމުގައި ކޫއްޑޫ އެއަރޕޯރޓްގެ ޚިދްމަތާއި، ތެލާއި އެހެނިހެން ވަސީލަތްތަކުގެ ފެންވަރު ދައްކަމަށް ފާހަގަކުރެވޭތީ އެކަމާގުޅޭގޮތުން މަޝްވަރާ ކުރެވުނު. ޚާއްޞަކޮށް ބަނދަރުގެ މައްސަލަ ފާހަގަކުރެއްވި. މީގެ އިތުރުން ފެރީނިޒާމުގެ ހާލަތު ހިއްސާކޮށް އަތޮޅުގެ ދެކޮނު ބިތަށް ދަތުރުކުރާ ފެރީގެ ޚިދްމަތް ރަނގަޅުކުރުމާއި، ތިނަދޫ ގެ ފެރީ ތިނަދޫގަ މަޑުކުރާ ވަގުތު އިތުރުމާބެހޭ ގޮތުން މަޝްވަރާކުރެވުނު.

ތަފްސީލް
Jan 31st

އަތޮޅުކައުންސިލްގެ ފަރާތުން މިފްކޯގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

އަތޮޅުކައުންސިލްގެ ފަރާތުން 30 ޖެނުއަރީ 2019 ވަނަ ދުވަހު މިފްކޯގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި. މި ބައްދަލުވުމުގައި ބޮޓަލިން ޕްލާންޓްއާއި، ޒީރޯ ޕްލާސްޓިކް ޕްރޮގްރާމް ހިންގުމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނު. އަދި ފަޅުރަށްތަކާއި މީހުންއުޅޭ ރަށްތަކުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމާއި ބެހޭ ގޮތުން މަޝަވަރާކުރެވުނު. އަދި ހަމަ އެއާއެކު އަތޮޅުގެ ނެރުބައްތި ރަށްރަށުގެ މަގުބައްތި ޖެހުމުގެ ޕްރޮގްރާމް އާއިބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނު.

ތަފްސީލް
Jan 31st

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 73ވަނަ ބައްދަލުވުމުން ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 73 ވަނަ ބައްދަލުވުން   29 ޖެނުއަރީ 2019 ( އަންގާރަ ދުވަސް ) އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ވަނީ ބޭއްވިފައި. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ: ޔޫތު އެމްޕަވަރމަންޓް ސޮސައިޓީ ފޯރ މާމެންދޫ އިން ފޮނުވާފައިވާ ސިޓީއާއިބެހޭ ގޮތުން މަޝްވަރާކުރުން  ނިންމެވި ގޮތް:         ޔޫތު އެމްޕަވަރމަންޓް ސޮސައިޓީ ފޯރ މާމެންދޫއިން އިސްނަގައިގެން މާމެންދޫ ކަނބަލުންނާއި ކަނޑުހުޅުދޫ ކަނބަލުންގެ މެދުގައި އޮންނަ ވޮލީ މެޗުގެ ދަތުރުގެ އިންތިޒާމް އަތޮޅުކައުންސިލުން ހަމަޖެއްސުމަށް އެދިފައިވާތީ، އެސިޓީގެ [...]

ތަފްސީލް
Jan 30th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ ނޫސް ބަޔާން

Noosbayaan

ތަފްސީލް
Jan 29th

އަތޮޅުކައުންސިލްގެ ފަރާތުން އޭ.ޑީ.ކޭ ގެ އެމް.ޑީ އާއި ބައްދަލުކުރައްވައިފި

އަތޮޅުކައުންސިލްގެ ފަރާތުން މާލެވަޑައިގެންނެވި ޓީމުގެ ބޭފުޅުން  އޭ.ޑީ.ކޭ ގެ އެމްޑީ އާއި މިއަދު ބައްދަލުކުރެއްވި.   މި ބައްދަލުވުމުގައި އަތޮޅު ހޮސްޕިޓަލާއި އޭޑީކޭ އާއި ކައުންސިލް ގުޅިގެން ހެލްތް ޕްރޮގްރާމް ތަކެއް ހިންގުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު. އަދި އޭޑީކޭ ގެ ޖެނެރަލް ޓްރޭޑް ގެ ބްރާންޗެއް ގއ. އަތޮޅުގައި ޤާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު.

ތަފްސީލް
Jan 29th

އަތޮޅުކައުންސިލްގެ ފަރާތުން ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އާއި ބައްދަލުކުރައްވައިފި

އަތޮޅުކައުންސިލްގެ ފަރާތުން މާލެވަޑައިގެންނެވި ޓީމުގެ ބޭފުޅުން ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އަޙުމަދު ނުއުމާން އާއި މިއަދު ބައްދަލުކުރެއްވި.   މި ބައްދަލުވުމުގައި ރައީސުލް ޖުމްހޫރިއަޔާގެ ރިޔާސީ ވަޢުދުގައި ހިމެނޭ ހުވަދު އަތޮޅުގައި ހަދާ އިންޓަރނޭޝަނަލް ޕޯރޓް އަދި އިންޓަރނޭޝަނަލް އެއަރޕޯރޓް އާއި ގުޅިގެން ކަސްޓަމްސްއިން ކުރެވެން ހުރި ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކުރެވުނު. އަދި މީގެ އިތުރުން ކޫއްޑޫ އެއަރޕޯރޓަށް އެއަރ ކާރގޯ ގެނައުމުގެ ޚިދްމަތް ފެށުމުގެ މުހިންމުކަމާއި، ބެހޭގޮތުން ވެސް މަޝްވަރާކުރެވުނު.

ތަފްސީލް
Jan 29th

އަތޮޅުކައުންސިލްގެ ފަރާތުން އެސް.ޓީ.އޯގެ އެމްޑީ އާއި ބައްދަލުކުރައްވައިފި

28 ޖެނުއަރީ 2019 ގައި އަތޮޅުކައުންސިލްގެ ފަރާތުން މާލެ ވަޑައިގެންނެވި ޓީމް ، އެސް.ޓީ.އޯގެ އެމް ޑީ ބައްދަލުކުރައްވައިފި . މި ބައްދަލުވުމުގައި އެސް.ޓީ.އޯ ވިލިނގިލި ފިހާރައިގެ މުވައްޒަފުންގެ ދަތިކަން ހައްލުކޮށްދެއްވުމާއި، ކޫއްޑޫ ބޮޓެލިންގ ޕްލާންޓް ވިލިނގިއްޔަށް ބަދަލުކުރުމުގައި އެހީތެރިވުމާއި، އަތޮޅުގެ މަގުބައްތި ސޯލާ ލެޑްލައިޓަށް ބަދަލުކުރުމުގައި އެހީތެރިވާނެކަމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށް އެސް.ޓީ.އޯގެ އެމް ޑީ  ވިދާޅުވި. އަދި މީގެ އިތުރުން އަތޮޅުގެ ރައްޔިތުންނަށް ގޭސް ލިބޭނެ ގޮތް ވެސްހައްދަވައި ދެއްވާނެ ކަމަށް ވިދާޅުވި.

ތަފްސީލް
Jan 29th

އަތޮޅުކައުންސިލްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ގެ ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފި

28 ޖެނުއަރީ 2019 ގައި އަތޮޅުކައުންސިލްގެ ފަރާތުން މާލެ ވަޑައިގެންނެވި ޓީމް ، ބޭންކް އޮފް މޯލްޑިވްސްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފި އެވެ. ބޭންކް އޮފް މޯލްޑިވްސްގެ އިސް މުވައްޒަފުންނާއެކު ބޭއްވުނު މި ބައްދަލުވުމުގައި ވިލިނގިލީގައި ސެލްފް ސަރވިސް އޭޓީއެމް އެއް އަދިވެސް ބެހެއްޓިފައިނުވާތީ، އެފަދަ އޭޓީއެމް އެއް ހޮސްޕިޓަލް ސަރަޙައްދުގައި ބެހެއްޓޭނެގޮތް ހެދުމާއިބެހޭ ގޮތުން މަޝްވަރާކުރެވުނު. އަދި އަތޮޅުފެރީ އޮންނަ ދުވަސްދުވަހު ބޭންކް ޚިދްމަތް ދިނުމުގައި ރަށްރަށުގެ މީހުންނަށް އިސްކަން ދިނުމާބެހޭ ގޮތުން ވާހަކަ ދެކެވުނު.

ތަފްސީލް
Jan 28th

އަތޮޅުކައުންސިލްގެ ފަރާތުން ޓުއަރިޒަމް މިނިސްޓްރީގެ ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފި

28 ޖެނުއަރީ 2019 ގައި އަތޮޅުކައުންސިލްގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުމުގައި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ، އަދި އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި. މި ބައްދަލުވުމުގައި ޓުއަރިޒަމް ދާއިރާއިން އަތޮޅުލެވެލްގައި ހުރި ކަންބޮޑުވުންތަކާއި، އެ ދާއިރާއިން ކައުންސިލްތަކަށް އެހީތެރިކަން ލިބުމުގައި ހުރި ދަތިތައް ހިއްސާކުރެވިފައިވޭ. އަދި ރިސޯޓްތަކުން އަތޮޅުގެ ޒުވާނުންނަށް ވަޒީފާ ލިބުމުގަ ހުރި ދަތިތަކާ ބެހޭ ގޮތުން ވާހަކަ ދެކެވުނު. މި ބައްދަލުވުމުގައި އަތޮޅުގައި ޕިކްނިކް އައިލެންޑް [...]

ތަފްސީލް