Apr 03rd

ގއ.ވިލިނގިލީ ޕޮލިސްސްޓޭޝަންގެ އިސްބޭފުޅުންނާއި ކައުންސިލުން ބައްދަލުކުރައްވައިފި

ގއ.ވިލިނގިލީ ޕޮލިސްސްޓޭޝަންގެ އިސް ބޭފުޅުނާއި އެކު މިއަދު ބައްދަލުވުމެއް ކައުންސިލް އިދާރާގައި ބޭއްވުނު. މި ބައްދަލުވުން ބޭއްވިފައިވަނީ ކައުންސިލްއިދާރާގެ މީޓިން ރޫމުގައި. މި ބައްދަލުވުމަކީ ބިދޭސީންގެ  ދަފްތަރެއް އެކުލަވާލުމާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެއް. މިއަދު މި ބޭއްވުނު ބައްދަލުވުމުގައި އިންސްޕެކްޓަރ މުހަންމަދު ޝަހީމް، އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު، ޒިންމާދާރު ވެރިޔާ މުޙަންމަދު ނަޞީރު ޢަލީ ބައިވެރިވެ ވަޑައިގެންނެވި .

ތަފްސީލް
Apr 01st

އަތޮޅުކައުންސިލް އިދާރާގެ މަގުމަތީ ފާރު ރޭނުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ މަގުމަތީފާރު ރޭނުމުގެ އެއްބަސްވުމުގައި 31 މާރޗް 2019 ގައި ސޮއިކޮށްފި. -/87615 ރުފިޔާއަށް މި މަސައްކަތް ޙަވާލުކުރެވިފައިވަނީ ޒެޑް.އެފް އެސް ކޮންސްޓްރަކްޝަންސް އާއި . މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރީ އަޙުމަދު ފުއާދު . ޒެޑް.އެފް.އެސް ކޮންސްޓްރަކްޝަން ގެ ފަރާތުން ސޮއިކުރީ އެމް.ޑީ ސައުދުﷲ ރަޝީދު. މި މަސައްކަތް ޙަވާލުކުރެވިފައިވަނީ 19 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

ތަފްސީލް