Huvadhu Atoll Uthuruburi Atoll Council

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްއާއި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިޔުނިކޭޝަން އާއި ދެމެދު އެމް އޯ ޔޫ އެއްގައި ސޮއިކޮށްފި
ދަތުރުފަތުރުގެ ނިޒާމް ޤާއިމުކޮށް ރާއްޖޭގެ ރައްޔިތުންނަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ޤާއިމުކޮށް އަދި އަގުހެޔޮ ކޮށް ދަތުރުކުރެވޭނެމަގު ތަނަވަސްކޮށް ދިނުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސް ޕޯރޓް އެންޑް ކޮމިޔުނިކޭޝަނުން ރާއްޖޭގެ ބައެއް ޞަރަޙައްދުތަކުގައި ތަޢާރަފް ކުރެވިފައިވާ އެއްގަމު ދަތުރުތަކާއި ކަނޑު ދަތުރުފަތުރުގެ ފެރީ ނިޒާމާ ގުޅިގެން މި އަތޮޅުގެ ރައްޔިތުންނަށް ފެރީގެ ޚިދްމަތް ފޯރުކޮށް ދިނުމަށް ޓަކައި 15 މެއި 2012 ވަނަ ދުވަހު މި އަތޮޅު އަތޮޅުކައުންސިލާއި، މިނިސްޓްރީ އޮފް ޓްރާންސް ޕޯރޓް އެންޑް ކޮމިޔުނިކޭޝަން އާއި ދެމެދު އެމް އޯ ޔޫ އެއްގައި ސޮއިކޮށްފި އެވެ. މި އެމް އޯ ޔޫގައި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިޔުނިކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިޔުނިކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ލަޠީފެވެ. އަތޮޅުކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ހާރޫން ރަޝީދެވެ.

މި އެމް އޯ ޔޫގެ ދަށުން އަތޮޅުކައުންސިލްގެ އިދާރާއާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިޔުނިކޭޝަން އާއި ގުޅިގެން ފެރީ ނިޒާމު ގެ ދަށުން ހިނގަމުންދާ ޙަރަކާތްތައް ބަލަހައްޓާ ، ފެރީގެ ޚިދްމަތް ދުވަހުން ދުވަހަށް މޮނިޓަރކޮށް ބެލެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 58 ވަނަ ޖަލްސާ ބާއްވައިފި
29އޭޕްރީލް 2012 ވަނަ ދުވަހު ގެ ހެނދުނު 13:00 ގައި އަތޮޅުކައުންސިލްގެ 58 ވަނަ ޖަލްސާ ބާއްވައިފި އެވެ.

މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 58 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، 57 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 58 ވަނަ ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.

މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކާމެދު މަޝްވަރާކޮށް، އެ ކަންތައްތަކުގެ ތެރެއިން  06 ކަމެއް މި ޖަލްސާއިން ނިންމާފައިވެ އެވެ. މި ގޮތުން ނިންމި ކަންތައްތަކުގެތެރޭގައި ހިމެނެނީ:-

1-   ކައުންސިލަރުން މާލެއަށް ކުރައްވާ ދަތުރާއި ބެހޭގޮތުން މަޝްވަރާކޮށް، އަތޮޅު ކައުންސިލަރުން ސަރުކާރުގެ މިނިސްޓްރީ ތަކާއި ބައްދަލު ކުރެއްވުމަށްޓަކައި މާލެއަށް ކުރައްވާ ދަތުރުގެ އިންތިޒާމް ހަމަޖެއްސުމަށާއި، އަދި ބައްދަލު ކުރެއްވުމަށް ނިންމަވާފައިވާ މިނިސްޓްރީ ތަކާއި ބައްދަލު ކުރެއްވުމަށްޓަކައި އެޕޮއިންޓް މަންޓްތައް މާލެދިއުމުގެ ކުރިން ހަމަޖެއްސުމަށް ނިންމުނު.

2-   ކައުންސިލަރުން މާލެއަށް ކުރާދަތުރާއި ގުޅިގެން ކުރަންޖެހޭ ޚަރަދުތައް ފާސްކޮށް، ގއ. އަތޮޅު ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވަން ހަމަޖައްސަވާފައިވާ ކަންތައްތައް ދެނެގަނެ އެކަން ކަމާއި ބެހޭގޮތުންނާއި، އަދި އަތޮޅު ކައުންސިލްގެ ފަރާތުން ކުރައްވަން ހަމަޖައްސަވާފައިވާ ބައެއް ކަންތައްތަކާއި ބެހޭގޮތުން ސަރުކާރުގެ މިނިސްޓްރީ ތަކާއި ބައްދަލު ކުރެއްވުމަށްޓަކައި އަތޮޅު ކައުންސިލަރުން މާލެއަށް ކުރައްވާ ދަތުރުގެ ޚަރަދަށްވާ 52،751.50 ( ފަންސާސް ދެހާސް ހަތްސަތޭކަ ފަންސާސް އެއް ރުފިޔާ ) ނެގުމަށް ފާސްކުރެވުނު.

3-   އަތޮޅު ގެއަށް ފެންލުމަށް އަތޮޅު ކައުންސިލް އިދާރާއިން އަޅާފައިވާ ފެންހޮޅި ލައިން ފަޅައިގެން ގޮސްފައި ވާތީ އެ ކަމާމެދު މަޝްވަރާކޮށް، މިކަން ވަގުތީގޮތުން ހައްލުކުރުމަށްޓަކާ ޒިންމާދާރުވެރިޔާގެ ބެލުމުގެ ދަށުން މި މަސައްކަތް މި އިދާރާގެ މަސައްކަތުގެ މީހުން މެދުވެރިކޮށް ކުރުމަށް ނިންމުނު.

4-   ލިލީ ލޯންޗްގެ ކަންތައްތައްކާއި ބެހޭގޮތުން މަޝްވަރާކޮށް، ކައުންސިލަރުން މާލެ ދިއުމުގެ ކުރިން ލޯންޗް ނެގުމުގެ ކަންތައްތައް އެކަމަށް ކަނޑައެޅިފައިވާ ކޮމިޓީން ކޮށް ނިންމެވުމަށް ނިންމުނު.

5-   ދާންދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އެސްޓިމޭޓްތަކާއި ބެހޭގޮތުން މަޝްވަރާ ކޮށް، އެސްޓިމޭޓްތަކަށް މާކްސް ދިނުމުގައި ބެލެވިފައިވާގޮތް ސާފްކޮށް އެގެން ނެތުމާއި އަދި ވަކިފަރާތަކަށް ދިނުމުގެ ވިސްނުން ގެންގުޅެވިފައިވާކަމަށް އަތޮޅު ކައުންސިލަށް ފާހަގަ ކުރެވިފައިވާތީ، ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރުމަށް ދާންދޫ ކައުންސިލް އިދާރާއަށް އެންގުމަށް ނިންމުނު.

6-   މި އަތޮޅު ފުނަދޫއިން 500 ދަނޑި ހޯދުމަށް އެދި ގއ. ދާންދޫ ކާމިނީގެ ޢަބުދުﷲ ޢަލީ ހުށަހަޅުއްވާފައިވާތީ އެކަމާއިބެހޭ ގޮތުން މަޝްވަރާ ކޮށް، ދާންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުން ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތުގެމަތިން ދިގަދޫއިން ޢަބުދުﷲ ޢަލީއަށް 500 ދަނޑި ދޫކުރުމަށް ނިންމުނު.

މި ޖަލްސާގައި އަތޮޅުކައުންސިލްގެ ނާއިބް ރައީސް އަލްފާޟިލް މަސްޢޫދު އަޙުމަދު ފިޔަވައި ހުރިހާ އަތޮޅު ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. ނާއިބް ރައީސް އަލްފާޟިލް މަސްޢޫދު އަޙުމަދު ހުންނެވީ ޗުއްޓީއެއްގައި ރާއްޖޭން ބޭރުގައެވެ.

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 57 ވަނަ ޖަލްސާ ބާއްވައިފި
24އޭޕްރީލް 2012 ވަނަ ދުވަހު ގެ ހެނދުނު 10:00 ގައި އަތޮޅުކައުންސިލްގެ 57 ވަނަ ޖަލްސާ ބާއްވައިފި އެވެ.

މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 57 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، 56 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 57 ވަނަ ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.

މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކާމެދު މަޝްވަރާކޮށް، އެ ކަންތައްތަކުގެ ތެރެއިން  06 ކަމެއް މި ޖަލްސާއިން ނިންމާފައިވެ އެވެ. މި ގޮތުން ނިންމި ކަންތައްތަކުގެތެރޭގައި ހިމެނެނީ:-

1-   އެން ކޮމްޕިއުޓަރ ގަތުމާއި ބެހޭގޮތުން މަޝްވަރާ ކޮށް، މެއި މަހު 1 ން 7 އަށް އަތޮޅު ކައުންސިލަރުން މާލެއަށް ކުރައްވާ ދަތުރުގައި އެން ކޮމްޕިއުޓަރ ސިސްޓަމްތައް ބައްލަވާލެއްވުމަށްފަހު  އެސިސްޓަމް ރަގަޅު ކަމަށްވާނަމަ،  އޭގެ ސިސްޓަމެއް ގަތުމަށް ނިންމުނު.

2-   ޒިންމާދާރުވެރިޔާ މުޙައްމަދު ނަޞީރު ޢަލީ އަށް ދޭންޖެހޭ ޗުއްޓީފައިސާ ދިނުމާއި ބެހޭގޮތުން މަޝްވަރާ ކޮށް، މި އިދާރާގެ ބަޖެޓްގައި ފައިސާ ހުރިނަމަ އެ ފައިސާ ދިނުމަށް ނިންމުނު.

3-   ކުރީގެ އަތޮޅު އޮފީހުގައި ބޭނުންކުރި އެންޓްރީ ސޮފްޓް ވެއަރއަށް ދައްކަންޖެހޭ ޕޭމަންޓް ދައްކާފައިނުވާތީ އެ ކަމާއި ބެހޭގޮތުން މަޝްވަރާ ކޮށް، މިއީ ކައުންސިލް އައުމުގެ ކުރިން އަޅާފައިވާ ސޮޕްޓްވެއަރ އެއް ކަމަށް ވުމާއެކު، މަސައްކަތް ކުރި ފަރާތަށް މިހާގިނަ ދުވަސް ވަންދެން ފައިސާ ދައްކާފައި ނުވާތީ، އެކަން ވެފައިވާ ގޮތެއް ބެލުމަށްފަހު، ރިޕޯޓެއްގެ ސިފައިގައި އެކުލަވާލުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުމަށްފަހު ގޮތެއް ނިންމުމަށް ނިންމުނު.

4-      ފަޅުމާފުށީ ރިޒޯޓްގެ މެނޭޖްމަންޓާއެކު ބައްދަލުވުމެއް ބޭއްވުމަށް އެ މެނޭޖްމަންޓުން އަތޮޅު ކައުންސިލަށް ދަޢުވަތު ލިބިފައިވުމާއެކު، ފަޅުމާފުށި ރިޒޯޓްހިންގާ މެނޭޖްމަންޓާއިއެކު ރަސްމީ ބައްދަލުވުމެއް ބޭއްވުމަށްޓަކާ ކުރާ ދަތުރާއި ބެހޭގޮތުން މަޝްވަރާ ކޮށް، މާދަމާ 25 އެޕްރީލް 2012 ވާ ބުދަ ދުވަހު އެ ރިޒޯޓަށް ދިއުމަށް ހަމަޖެހިފައިވާތީ، މި އިދާރާގެ ފަރާތުން އެ ބައްދަލުވުމުގައި ޒިންމާދާރުވެރިޔާ މުޙައްމަދު ނަޞީރު ޢަލީ އާއި އެސިސްޓެންޓް ޑިރެކްޓަރ އަޙުމަދު ޙަސަންދީދީ ބައިވެރި ކުރެއްވުމަށް ނިންމުނު.

5-   ކުދި ޕްރޮޖެކްޓް ހިންގުމަށް ކައުންސިލްތަކަށް ފައިސާގެ އެހީތެރިކަމެއް ދިނުމާއިމެދު މަޝްވަރާ ކޮށް، މިކަމާއި ބެހޭ ގޮތުން އިތުރަށް ވާހަކަދައްކާ މަޝްވަރާ ކުރުމަށް ނުރަސްމީ ބައްދަލުވުމެއް ބާއްވާ ގޮތަށް ނިންމުނު.

6-   އަތޮޅު ކައުންސިލްގެ ފަރާތުން މާލެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ ތަފްޞީލާއި ބެހޭގޮތުން މަޝްވަރާ ކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން  މާލެއަށް ކުރައްވާ  ދަތުރުގައި،  އިދާރީ  މުވައްޒަފެއްގެ  ގޮތުގައި ބައިވެރި  ކުރުމަށް ޒިންމާދާރުވެރިޔާ މުޙައްމަދު ނަޞީރު ޢަލީ ހަމަޖެއްސުނެވެ.

މި ޖަލްސާގައި އަތޮޅުކައުންސިލްގެ ނާއިބް ރައީސް އަލްފާޟިލް މަސްޢޫދު އަޙުމަދު ފިޔަވައި ހުރިހާ އަތޮޅު ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. ނާއިބް ރައީސް އަލްފާޟިލް މަސްޢޫދު އަޙުމަދު ހުންނެވީ ޗުއްޓީއެއްގައި ރާއްޖޭން ބޭރުގައެވެ.

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 56 ވަނަ ޖަލްސާ ބާއްވައިފި
18އޭޕްރީލް 2012 ވަނަ ދުވަހު ގެ ހެނދުނު 10:00 ގައި އަތޮޅުކައުންސިލްގެ 56 ވަނަ ޖަލްސާ ބާއްވައިފި އެވެ.

މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 56 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، 55 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 56 ވަނަ ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.

މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކާމެދު މަޝްވަރާކޮށް، އެ ކަންތައްތަކުގެ ތެރެއިން  10 ކަމެއް މި ޖަލްސާއިން ނިންމާފައިވެ އެވެ. މި ގޮތުން ނިންމި ކަންތައްތަކުގެތެރޭގައި ހިމެނެނީ:-

1-      ޑެންގޫވައިރަލް ފީވަރ އަށް ރައްކާތެރިވުމަށް އަތޮޅު ފެންވަރުގައި ޓާސްކް ފޯހެއް އުފެއްދުމާއި ، ވައިރަލް ފީވަރއަށް މީހުން ހޭލުންތެރިކޮށް އެ ކަމަށް މީހުން ރައްކާތެރި ކުރުމަށްޓަކާ ރަށު                                                              ފެންވަރުގައާއި  އަތޮޅު ފެންވަރުގައި  ޓާސްކްފޯސްތައް  އުފައްދަވައި  އެ މަސައްކަތުގައި  އަމަލީ ގޮތުން  ކުރައްވަންޖެހޭ  ހުރިހާކަމެއް  އަތޮޅު ކައުންސިލްގެ ހެލްތު ކޮމިޓީން  އިސްނަންގަވައިގެން  ކުރެއްވުމަށް.

2-      ލައިސަންސް ކާޑްހެދުމަށް ބޭނުންވާ ތަމްރީނުދިނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޓީމްގެ ދަތުރުޚަރަދާއިބެހޭ ވަކިގޮތަކަށް ނިންނުމަށް މަޝްވަރާކޮށް، ކައުންސިލް އިދާރާގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ ލައިސަންސް ކާޑް ޕްރިންޓް ކުރުމުގެ ޚިދުމަތާއިބެހޭ ގޮތުން ބޭނުންވާ ތަމްރީނު ދިނުމަށްޓަކައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ވަޑައިގަންނަވާ 4 ބޭފުޅުންގެ ދަތުރު ޚަރަދާއި އެކަމަޑޭޝަނާއި ކެއުމުގެ ޚަރަދު މި އިދާރާގެ އާމްދަނީ އެކައުންޓުން ނެގުމަށް ފަހު ޚަރަދު ކުރައްވާ ގޮތަށް.

3-      އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ މުހައްމަދު ނަސީރު ޢަލީއަށް ލިބެންޖެހޭ ޗުއްޓީފައިސާ ދިނުމާއި މެދު ގޮތެއް ނިންމުމަށް މަޝްވަރާކޮށް، ޒިންމާދާރު ވެރިޔާ މުޙައްމަދު ނަޞީރު  ޢަލީއަށް  ލިބެންޖެހޭ  ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަވަކި ގޮތަށް ނިމުމުން، އެފައިސާ 2011 ވަނަ އަހަރުގެ ބަޖެޓްގެ ފައިސާގެ ތެރެއިން ދިނުމަށްއެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި ދެންނެވުމަށާއި، ނުވަތަ މި އިދާރާގެ ބަޖެޓްގެ ދަތިކަން މި ވަގުތު ހުރިގޮތުން 2013 ވަނަ އަހަރުގެ ބަޖެޓްގެ ތެރެއިން މި ފައިސާ ހޯދުމަށްފަހު މުޙައްމަދު ނަޞީރު ޢަލީއަށް ދެއްވުމަށް.

4-      އަތޮޅުގެ މާސްޓަރ ޕްލޭންގެ ކަންތައްތައް ބަލަހައްޓާ ކޯޑިނޭޓް ކުރާނެ މުވައްޒަފަކު ހަމަޖައްސަވާ، އަތޮޅުގެ މާސްޓަރ ޕްލޭންގެ ކަންތައްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުމަށް އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ މުޙައްމަދު ނަޞީރު ޢަލީ ހަމަޖެއްސުނު.

5-      ގއ. މާރެހާގައި 150 ކޮޓަރީގެ ރިޒޯޓް ހޮޓަލެއް އެޅުމުގެ މަސައްކަތް ކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ އީ.އައި.އޭ އެޕްލިކޭޝަން ފޯމާ މެދު މަޝްވަރާ ކުރުމަށް ބާއްވާ ސްކޯޕިންގ މީޓީންގ އަށް މާލެ ފޮނުވާނެ ކައުންސިލަރަކު ހަމަޖެއްސުމަށް މަޝްވަރާ ކޮށް، ގއ. މާރެހާގައި 150 ކޮޓަރީގެ ރިޒޯޓްހޮޓަލެއް އެޅުމުގެމަސައްކަތް ކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ އީ.އައި.އޭ އެޕްލިކޭޝަން ފޯމާމެދު މަޝްވަރާ ކުރުމަށް ބާއްވާ ސްކޯޕިންގ މީޓީންގއަށް މި އިދާރާގެ ފަރާތުން ގެނަމަފުށީ ކައުންސިލް އިދާރާގެ ރައީސް އާސިމު މުޙައްމަދު ބައިވެރި ކުރެއްވުމަށް ނިންމުނު.

6-      ” ސިވިލް ސާރވިސް އޯޕަން ޑޭ ” ސިވިސް ސާރވިސްގެ މަސްޢޫލު އިދާރާތަކުގައި ފާހަގަ ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށް، ސިވިލް ސާރވިސް އޯޕަންޑޭ ފާހަގަ ކުރުމުގެ ކަންތައްތައް އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ މުޙައްމަދު ނަޞީރު ޢަލީގެ ބެލުމުގެ ދަށުން އިންތިޒާމްކޮށް ކުރިއަށް ގެންދިއުމަށް ނިންމުނު. އަދި މިކަމާއި ބެހޭގޮތުން އިތުރަށް މަޝްވަރާކުރުމަށް މުޙައްމަދު ނަޞީރު ޢަލީ އާއެކު ނުރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ވެސް ނިންމުނު.

7-      ކަނޑުހުޅުދޫ ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ އަޝްފާހު ޙަސަން އަށް ދޭންޖެހޭ އެލަވަންސް ފައިސާ ދިނުމާއިބެހޭ ގޮތުން މަޝްވަރާ ކޮށް، ކަނޑުހުޅުދޫ ކައުންސިލް އިދާރާގެ ބަޖެޓްގައި ފައިސާ ހުރިނަމަ ޒިންމާދާރު ވެރިޔާ އަޝްފާހު ޙަސަން އަށް ދޭންޖެހޭ އެލަވަންސް ފައިސާ ދިނުމަށް އެ އިދާރާއަށް އެންގުމަށް ނިންމުނު.

8-      ސުނާމީ  ހައުސިންގ ޕްރޮޖެކްޓާއިބެހޭ ގޮތުން މަޝްވަރާ ކޮށް، ސުނާމީ ހައުސިންގ ޕްރޮޖެކްޓްގެ މަސައްކަތްކޮށްފައިވާ ފަރާތްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލް މެދުވެރިކޮށް ހައުސިންގ މިނިސްޓްރީއަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތް މި އިދާރާގެ ފަރާތުން އަތޮޅު ކައުންސިލަރ މުޙައްމަދު ޝިޔާމްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމުނު.

9-      ގެމަނަފުށީގައި ދިޔަދޫ މީހުންނަށް އިމާރާތް ކުރާ ގެތަކުގެ ތެރެއިން ނުނިމިހުރި 6 ގޭގެ މަސައްކަތާއި ބެހޭގޮތުން މަޝްވަރާކޮށް، ގެމަނަފުށީގައި ދިޔަދޫ މީހުންނަށް އިމާރާތްކުރާގެތަކުގެ ތެރެއިން ނުނިމިހުރި  6 ގޭގެ މަސައްކަތް ނިންމުމަށްޓަކާ ކުރަންޖެހޭ މަސައްކަތް އަތޮޅު ކައުންސިލަރ އާމިރު ޢަލީގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމުނު.

10-  އަތޮޅުކައުންސިލް އިދާރާގެ ފައިސާ ޚަރަދުކުރުމަށް ފާސްކުރުމަށް މަޝްވަރާ ކުރުމަށްފަހު، ފާސްކުރެއްވުމަށް ހުށަހެޅިފައިވާ ފައިސާގެ ތެރެއިން ޒިންމާދާރު ވެރިޔާ މުޙައްމަދު ނަޞީރު ޢަލީގެ ޗުއްޓީގެ ފައިސާ އާއި ފާސްޓް ކޮންސްޓްރަކްޝަނުން ހުށަހަޅުއްވާފައިވާ ބިލްގައިވާ ފައިސާ އުނިކޮށް ހުށަހެޅިފައިވާ އެހެނިހެން ބިލްތަކަށް ފައިސާ ދިނުމަށް ފާސްކުރެވުނު.

މި ޖަލްސާގައި އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ހާރޫން ރަޝީދުގެ އިތުރުން ހުރިހާ އަތޮޅު ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 55 ވަނަ ޖަލްސާ ބާއްވައިފި
10އޭޕްރީލް 2012 ވަނަ ދުވަހު ގެ ހެނދުނު 10:00 ގައި އަތޮޅުކައުންސިލްގެ 55 ވަނަ ޖަލްސާ ބާއްވައިފި އެވެ.

މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 55 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، 53 އަދި 54 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 55 ވަނަ ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.

މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކާމެދު މަޝްވަރާކޮށް އެ ކަންތައްތަކުގެ ތެރެއިން  07 ކަމެއް މި ޖަލްސާއިން ނިންމާފައިވެ އެވެ. މި ގޮތުން ނިންމި ކަންތައްތަކުގެތެރޭގައި ހިމެނެނީ:-

1-      ވިލިނގިލީ އޯކިޑްވިލާ ސައުދުﷲ ރަޝީދު އަތޮޅުކައުންސިލްގެ އިދާރާގެ މައްޗަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓްގައި ކުރާ ދައުވާއަށް ޖަވާބްދާރީވުމަށް އިންވެސްޓިގޭޓަރ އަބްދުލްޙަމީދު ނާސިރު ހަމަޖެއްސުމާއިމެދު ގޮތެއް ނިންމުމަށް މަޝްވަރާކޮށް، އެ މައްސަލާގައި ޖަވާބުދާރީވުމަށް ޢަބުދުލްހަމީދު ނާޞިރު ހަމަޖެއްސުނު. އަދި މި މައްސަލައާއި ބެހޭގޮތުން އިތުރަށް މަޝްވަރާ ކުރުމަށް ޢަބުދުލްޙަމީދު ނާޞިރާއެކު ނުރަސްމީ ބައްދަލުވުމެއް ބާއްވާ ގޮތަށްވެސް ނިންމުނު.

2-       އަތޮޅުކައުންސިލްގެ ކަނޑު އުޅަނދުފަހަރު އިންޝުއަރެންސް ކުރާނެ ފަރާތެއް ކަނޑައެޅުމަށް މަޝްވަރާ ކުރުމަށްފަހު، 3 އުޅަނދު ހިމެނޭގޮތަށް އިންޝުއަރެންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުމަށް ނިންމުނު.  އަދި އެ އުޅަނދުތައް އިންޝުއަރެންސް ކުރުމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާނަމަ، އެންޓިކޮރަޕްޝަން ކޮމިޝަނުގެ މަޝްވަރާގެމަތިން އެކަން ކުރިއަށް ގެންދިއުމަށް ނިންމުނު.

3-       ލިލީލޯންޗް ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު ހަމަވާތީ އެ ކަމާއިބެހޭ ގޮތުން މަޝްވަރާކޮށް، މިހާރު ކުއްޔަށް ދޫކޮށްފައިވާ މުޙައްމަދު ނިޔާޒް ޢަލީއަށް އެގްރިމެންޓް އަލުން އާ ނުކުރެއްވުމަށް ނިންމުނު. އަދި މިފެށޭ ހަފުތާގެ ތެރޭގައި ލޯންޗްގެ އެގްރިމެންޓް ބާޠިލް ކުރެވިފައިވާކަން މުޙައްމަދު ނިޔާޒު ޢަލީ އަށް އެންގުމަށާއި ، ލޯންޗްގައި މިހާރު ކުރަންހުރި މަރާމާތް ތަކާއި ލޯންޗްގެ މި ހާރުގެ ހާލަތު ބެލުމަށް 5 މެމްބަރުން ހިމެނޭ ކޮމިޓީއެއް ނެގުމަށްފަހު، ލޯންޗްގެ ހާލަތާއިބެހޭ ރިޕޯޓެއް 19 އެޕްރީލް 2012 ގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް ނިންމުނު.

4-       އަތޮޅުގެއާއި އަތޮޅު ކައުންސިލްގެ އިދާރާގައި މި ވަގުތު ކުރަން ހުރި ބައެއް މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް، އެ މަސައްކަތްތައް ކުރުމަށްޓަކާ ބަޖެޓް ހަމަޖެއްސުމާއި އަދި ކުރަންހުރި މަސައްކަތް ތަކާއި ބެހޭގޮތުން އިތުރަށް މަޝްވަރާކޮށް ވާހަކަ ދެއްކުމަށްޓަކައި ނުރަސްމީ ބައްދަލުވުމެއް ބޭއްވުމަށްފަހު ގޮތެއް ނިންމާގޮތަށް ނިންމުނު.

5-       ވިލިނގިލީ ފިނިހިޔާގެ މުހައްމަދު ހަނީފް ފޮނުވާފައިވާ ސިޓީއާއިގުޅޭ ގޮތުން މަޝްވަރާކުރުމަށްފަހު، ފިނިހިޔާގެ ކިޔާ ބަންޑާރަ ގޯތި ނެގުމުގެ ވިސްނުމަކީ މި އިދާރާ އުފެދުމުގެ ކުރިން އޭރުގެ އަތޮޅުއޮފީސް ހިންގަމުން އައި ދުވަސްވަރު އޮތް ވިސްނުމަކަށްވާތީ، މިހާރު އަތޮޅުގެއަށް ބިން އިތުރުކޮށް މަގެއް ހެދުމަށް އަތޮޅު ކައުންސިލަށް ފެނިވަޑައި ނުގަންވާކަމަށް ކައުންސިލުން ނިންމާފައިވާތީ، އެކަން ފިނިހިޔާގޭ މުޙައްމަދު ޙަނީފަށް ލިޔުމަކުން އެންގުމަށް ނިންމުނު.

6-       ކައުންސިލްތަކުގެ ފައިސާއާބެހޭ ކަންތައްތައް ހަރުދަނާކުރުމުގެ ޕްރޮގްރާމް 2012 އާއިބެހޭ ގޮތުން މަޝްވަރާކޮށް، ރަށްރަށުގެ ކައުންސިލްތަކުގެ ފައިސާއާބެހޭ ކަންތައްތައް ހަރުދަނާ ކުރުމަށްޓަކާ މުވައްޒަފުންނަށް ބާއްވާ ޓްރޭނިންގ ޕްރޮގްރާމް ފެރީ ދަތުރު ތަކުގެ އިންތިޒާމް ހަމަޖެހުމުން އެ ޕްރޮގްރާމް 19 މެއި 2012 ވަނަ ދުވަހު އަތޮޅުކައުންސިލްގެ އިދާރާގައި ބޭއްވުމަށް ނިންމުނު.

7-       ސުނާމީ ހައުސިންގ ޕްރޮޖެކްޓާއި ބެހޭގޮތުން މަޝްވަރާ ކޮށް، މި އިދާރާގައި ސުނާމީ ހައުސިންގ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ޙަވާލުކުރައްވާފައިވާ ސެކްޝަނުގެ މުވައްޒަފުންނާއި އަދި މި އިދާރާގެ އެހެނިހެން ސެކްޝަން ތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް އިސްލާހު ކުރެއްވުމަށާއި އަދި މުވައްޒަފުންނަށް މެނޭޖްމަންޓާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގަވާ ގޮތަށް ނިންމުނު.

މި ޖަލްސާގައި އަތޮޅުކައުންސިލަރ އަލްފާޟިލް މުޙަންމަދު ސިޔާމް އަދި އަތޮޅުކައުންސިލަރ އަލްފާޟިލް ޢަބުދުއްޞަލާމް މުޙަންމަދު ފިޔަވައި ހުރިހާ ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަތޮޅުކައުންސިލަރ އަލްފާޟިލް މުޙަންމަދު ސިޔާމް ހުންނެވީ ޗުއްޓީއެއްގައި އަތޮޅުން ބޭރުގައެވެ. އަތޮޅުކައުންސިލަރ އަބުދުއްޞަލާމް މުޙަންމަދު ހުންނެވީ ދާއިރާގެ މަސައްކަތުގައި ގެމަނަފުށީގައެވެ.

ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދުމާއި، ލިބިގަތުމުގެ ޙައްޤުގެ ޤަވާޢިދަށް އަހުލުވެރިކުރުވުމަށް ހިންގާ ޓްރޭނިން ޕްރޮގްރާމުގެ ދަށުން ގއ.އަތޮޅުގެ ރަށްރަށުގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ފަށައިފި
ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދުމާއި، ލިބިގަތުމުގެ ޙައްޤުގެ ޤަވާޢިދަށް އަހުލުވެރިކުރުވައި، ކަމާބެހޭ މަޢުލޫމާތު ދިނުމަށް  ހިންގާ  ޓްރޭނިން ޕްރޮގްރާމުގެ ދަށުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުގެ ފަރާތުން އޭޕްރީލް މަހުގެ 05 އިން 14 އަށް ގއ.އަތޮޅުގައި ހިންގާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް ފަށައިފި އެވެ.

މި މަޢުލޫމާތު ދިނުމުގެ ފުރަތަމަ ބައްދަލުވުން ފެށިފައިވަނީ  އޭޕްރީލް މަހުގެ 05 ވަނަ ދުވަހު ގއ. ވިލިނގިލީގައެވެ.

މި ޕްރޮގްރާމަކީ ގއ. އަތޮޅުގައި ތިބި ސަރުކާރުގެ އެކިއެކި މުއައްޞަޞާ ތަކުގެ ބޭފުޅުންނާއި ރައްޔިތުންނަށް ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދުމާއި، ލިބިގަތުމުގެ ޙައްޤުގެ ޤަވާޢިދަށް އަހުލުވެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އަތޮޅުކައުންސިލާއި، ރަށުކައުންސިލްތަކާއި، ސްކޫލް މަދަރުސާތަކާއި  ކުންފުނިތައް އަދި ކްލަބު ޖަމްއިއްޔާތަށް ހިމެނޭގޮތަށް މި ހުރިހާ ދާއިރާއެއްގެ މުވައްޒަފުންނަށް ވެސް މިކަމުގެ މަޢުލޫމާތު ފޯރުކޮށްދެއްވާ ގޮތަށެވެ.

10 ދުވަހުގެ މުއްދަތަށް ހިންގޭ މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުގެ ފަރާތުން ވަޑައިގެންނެވި ޓީމުގެ ބޭފުޅުން ރަށްރަށަށް ވަޑައިގެން އެ ރަށެއްގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ އިދާރާއެއްގައެވެ.

މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙުމަދު ޝިޔާމް، އަދި ގއ. އަތޮޅުކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ އަލްފާޟިލް މުޙަންމަދު ފަތުޙީ އެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ޓީމެއް ގއ. އަތޮޅަށް ވަޑައިގެންފި
ސުނާމީ ރިކަވަރިން ޕްރޮޖެކްޓްގެ ދަށުން ގއ. އަތޮޅުގެ ވިލިނގިލި، މާމެންދޫ، ނިލަންދޫ، ދާންދޫގައި އަޅަމުންގެންދާ ގެތައް އެޅުމުގެ މަސައްކަތްތަކާއި، ވަގުތީ ހިޔާ ބައްލަވާ ލެއްވުމާއި،  މި އަތޮޅު ދިޔަދޫ މީހުން ދިޔަދޫއިން ބަދަލުވުމާއި ގުޅިގެން، އެ މީހުންނަށް މި އަތޮޅު ގެމަނަފުށި، ކޮނޑޭގައި  އަޅަމުންގެންދާ ގެތަކުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ޓީމެއް 03 އޭޕްރީލް 2012 ވަނަ މިއަތޮޅަށް ވަޑައިގެންނެވި އެވެ.

މި ޓީމުގެ ބޭފުޅުން މިއަތޮޅުން ފުރަތަމަ ވަޑައިގެންނެވީ ވިލިނގިއްޔަށެވެ.

މި ދަތުރުގައި ވިލިނގިލި، މާމެންދޫ، ނިލަންދޫ، ދާންދުއަށް ވަޑައިގެން އެ ރަށްރަށުގައި އަޅުމުންގެންދާ ސުނާމީ ގެތަކުގެ މަސައްކަތްތައް ކުރިއަށް ދާ މިންވަރު ބައްލަވާލެއްވުމާއި، އެ ގެ ތަކުގެ ވެރިފަރާތްތަކާއި ބައްދަލުކުރެއްވުމާއި، އަދި  އެ ރަށްރަށުގެ ކައުންސިލަރުންނާއި ބައްދަލުކޮށް މަޝްވަރާކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ފަރާތުން ވަޑައިގެންނެވި މި ޓީމުގައި ހިމެނިވަޑައިގަންނަވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޢަބުދުﷲ ޒިޔާދު، ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙަންމަދު އަޙުމަދު،  ޑިރެކްޓަރ ޖަނަރެލް އަލްފާޟިލް މުޙަންމަދު ޝާހިދު، ޕްރޮޖެކްޓް ކޯޑިނޭޓަރ އަލްފާޟިލާ ފާޠިމަތު ޝާނާ ފާރޫޤު، ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު ރަޝާދު، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް ޢަލީ ސަލީމް، ޓެކްނީޝަން އަލްފާޟިލް ޙަސަން ނަޒީފެވެ.

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަތޮޅަށް ވަޑައިގެންފި
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ހާރޫން ރަޝީދު ޗުއްޓީއެއްގައި މާލެވަޑައިގެން އުޅުއްވުމަށްފަހު 20 މާރޗް 2012 ވަނަ ދުވަހު އަތޮޅަށް ވަޑައިގެން 21 މާރޗް 2012 ވަނަ ދުވަހު ރަސްމީގޮތުން އިދާރާ ހިންގުމާއި ޙަވާލުވެ ވަޑައިގެންފި އެވެ.

އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ހާރޫން ރަޝީދު 28 ފެބްރުވަރީ 2012 ގައި ޗުއްޓީއަށް ފެއްޓެވުމާއި ގުޅިގެން، އެ ދުވަހުން ފެށިގެން 20 މާރޗް 2012 ވަނަ ދުވަހާ ހަމަޔަށް އިދާރާއާއި ޙަވާލުވެ ވަޑައިގެން ހުންނެވީ އަތޮޅުކައުންސިލްގެ ނާއިބް ރައީސް އަލްފާޟިލް މަސްޢޫދު އަހުމަދެވެ.

ސިވިލްސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން “ހިއުމަންރިސޯސް މެނޭޖްމަންޓް” ގެ ނަމުގައި ވޯރކްޝޮޕެއް ބާއްވައިފި
ސިވިލްސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން “ހިއުމަންރިސޯސް މެނޭޖްމަންޓް” ގެ ނަމުގައި ގއ. އަތޮޅަށް އަމާޒްކޮށް 2 ދުވަހުގެ މުއްދަތަށް ވިލިނގިލީގައި ހިންގޭ ވޯރކްޝޮޕެއް 19 މާރިޗް 2012 ވަނަ ދުވަހުގެ ހެނދުނު ފަށައިގެން ކުރިއަށް ގެންދެވިފައިވެ އެވެ.  މި ވޯރކްޝޮޕް ބޭއްވިފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ބައްދަލުވުން ބާއްވާ ހޯލުގައެވެ. މި ވޯރކްޝޮޕަކީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާއިން އިސްނަންގަވައިގެން ކުރިއަށް ގެންދެވޭ ވާރކްޝޮޕެކެވެ.

މި ވޯރކް ޝޮޕްގައި އަތޮޅުގެ ކޮންމެ ރަށަކުން ރަށުކައުންސިލްގެ ޒިންމާދާރުވެރިޔާއާއި، ހިއުމަންރިސޯސް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ކޮމިޓީގެ 3 ބޭފުޅުންނާއި، އަތޮޅުކައުންސިލްގެ ޒިންމާދާރުވެރިޔާ އާއި، ސިވިލްސާރވިސް މުވައްޒަފުން މަސައްކަތްކުރާ ތަފާތު ދާއިރާތަކުގެ ތެރެއިން ރަށުކޯޓްތަކާއި، ސިއްޙީ ދާއިރާތަކުން ކޮންމެ ދާއިރާއަކަށް 1 ފުރުޞަތު ދެއްވައިގެން ޖުމްލަ 45 ބައިވެރިން ބައިވެރިކުރެވިފައިވެ އެވެ.

މި ވާރކްޝޮޕަށް ސިވިލްސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ފަރާތުން ވަޑައިގެންނެވީ ސިވިލްސާރވިސް ކޮމިޝަންގެ މެމްބަރ ޑރ.މުހަންމަދު ލަޠީފް، ސިވިލްސާރވިސް ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޞްޠަފާ ލުޠުފީ، ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ އެސިސްޓެންޓް ލެކްޗަރަރ އަލްފާޟިލާ މަރްޔަމް ޒީނިޔާ، ޕާރސަނަލް އޮފިސަރ އަލްފާޟިލް އިބްރާހީމް ސައްޔާދެވެ.

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 54 ވަނަ ޖަލްސާ ބާއްވައިފި
12މާރޗް2012 ވަނަ ދުވަހުގެ ރޭ 21:50 ގައި އަތޮޅުކައުންސިލްގެ 54 ވަނަ ޖަލްސާ ބާއްވައިފި އެވެ.

މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 54 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، 52 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި،  54 ވަނަ ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.

މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކުގެތެރެއިން 06 ކަމެއް މި ޖަލްސާއިން ނިންމާފައިވެ އެވެ. މި ގޮތުން ނިންމި ކަންތައްތަކުގެތެރޭގައި:-

1-      ވިލިނގިލީގައި ހުންނަ ޒުވާނުންނާއި ކުޅިވަރު މަރުކަޒު ޒޯން7 އާއި ބެހޭގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް ފޮނުވާފައިވާ ސިޓީއަކާއި ބެހޭ ގޮތުން މަޝްވަރާ ކޮށް، ޒުވާންނުންގެ މަރުކަޒުގެ ކަންތައްތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގުމަށްޓަކައި އަތޮޅުކައުންސިލްގެ އެހީތެރިކަމާއި އެއްބާރު ލެއްވުން ދެވެން އޮތް އެންމެ ފުރިހަމައަށް ދެއްވާނެކަމަށް ނިންމުނު.

2-      ދަމާސް ފިހާރައިން އިދާރާއަށް ގެނެވުނު ގޮނޑިތަކުގެ ލިއުންތައް ކަނޑުފެހި ހާރޑްވެއަރ އަށް ބަދަލުކުރެވިފައިވާތީ އެ ކަމާއިބެހޭ ގޮތުން މަޝްވަރާކޮށް، އެ ގޮނޑިތަކަކީ ދަމާސް ހާރޑްވެއަރ އިން ކޯޓޭޝަން ހޯއްދަވައިގެން ގަނެފައިވާ ގޮނޑިތަކަކަށްވާތީ، ކަނޑުފެހި ހާރޑްވެއަރއިން އެ ގޮނޑިތަކަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ހުށަހެޅިފައިވާ ބިލަށް ފައިސާ ދޫކުރެވޭނީ، ދަމާސް ހާރޑެވެއަރގެ ރަސްމީ ލިއުމެއް އޮވެގެންކަމަށްވާތީ، އެ ލިއުން ހޯދުމަށް ދަމާރސް ހާޑްވެއަރ އަށް ސިޓީއެއް ފޮނުއްވާ ގޮތަށް ނިންމުނު.

3-      ޕޮލިސް ރީޖަނަލް ކޮމާންޑަރާއި ބައްދަލު ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށް، ރަށްރަށުގައި މާރާމާރީއާއި   ވައްކަމާއި މަސްތުވާތަކެތީގެ  މައްސަލަތައް އިތުވަމުންދާތީ، މި ކަންތައްތައް ހައްލުކުރެވޭނެ ގޮތްތަކާއިބެހޭގޮތުން ރީޖަނަލް ކޮމާންޑަރާއި ބައްދަލު ކުރުމަށް ބޭނުންވާތީ،  އެޕޮއިންޓް މެންޓެއް ހަމަޖައްސަވައި ދެއްވުމަށްއެދި  ގއ. އަތޮޅު ޕޮލިސް ސްޓޭޝަނަށް ސިޓީއެއް ފޮނުއްވާ ގޮތަށް ނިންމުނު.

4-      މިހާރު ކުއްޔަށް  ދޫކޮށްފައިނުވާ ފަޅު ރަށްތައް  ކުއްޔަށް  ދިނުމާއިބެހޭ  ގޮތުން މަޝްވަރާކޮށް، ކުއްޔަށް ދޫނުކޮށް ހުރި ފަޅުރަށްތައް ބެލުމަށްފަހު، އެ ރަށްތައް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރާ ގޮތަށް ނިންމުނު.  އަދި ކައުންސިލަރ އާމިރު ޢަލީ މާލެއަށް ދަތުރެއް ކުރައްވާގޮތަށް ހަމަޖެހިފައިވާތީ، އެދަތުރުގައި ފިޝަރީޒް މިނިސްޓަރާއި ބައްދަލުކުރައްވައި ފަޅުރަށްރަށާއިމެދު އަމަލު ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ސާފުކޮށް އޮޅުން ފިލުވާގޮތަށް ހަމަޖެހުނު.

5-      އަތޮޅު ކައުންސިލް އިދާރާއިން ހުސްވެފައިވާ އ. ޑިރެކްޓަރ ކަމުގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރުމާއިމެދު މަޝްވަރާކޮށް، އެ މަޤާމަށް އެދި މިހާރު ކުރިމަތި ލައްވާފައިވާ ފަރާތްތަކަކީ އެ މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ކަމަށް ކައުންސިލަށް ގަބޫލު ނުކުރެއްވޭތީ، ޑިޕްލޮމާ އަދި ޑިގްރީފެންވަރުހުރި ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް ގެންދިއުމަށްޓަކައި މިހާރު އެ މަޤާމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ އިންޓަރވިއު ފަސްކޮށްލެއްވުމަށް ނިންމުނު.

6-      ސިވިލްސާރވިސް ކޮމިޝަނުން ވިލިނގިލީގައި ބާއްވަން ކަނޑައަޅާފައިވާ ވޯރކްޝޮޕް ބޭއްވުމާއިބެހޭ ގޮތުން މަޝްވަރާކޮށް، އެ ވޯރކްޝޮޕާއި ބެހޭ ގޮތުން އިތުރަށް މަޝްވަރާ ކުރުމަށް ނުރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ނިންމުނު.

މި ޖަލްސާގައި އަތޮޅުކައުންސިލްގެ ރައީސް ހާރޫން ރަޝީދު، އަތޮޅުކައުންސިލަރ މުޙަންމަދު ސިޔާމް ފިޔަވައި ހުރިހާ ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަތޮޅުކައުންސިލްގެ ރައީސް ހާރޫން ރަޝީދު އަދި އަތޮޅުކައުންސިލަރ މުޙަންމަދު ސިޔާމް ހުންނެވީ ޗުއްޓީގައި އަތޮޅުން ބޭރުގައެވެ.