އަތޮޅު ކައުންސިލް

ދުނިޔޭގައި ގުދުރަތީގޮތުން އުފެދިފައިވާ އެންމެ ބޮޑު އަތޮޅު ހުވަދުއަތޮޅު (ގ)، ސަރުކާރު ހިންގުމަށް ފަސޭހަޔަކަށް ދެއަތޮޅަކަށް (ހުވަދުއަތޮޅު އުތުރުބުރިއާއި ދެކުނުބުރި) ބައިކުރެވިފައިވަނީ 7 ފެބުރުއަރީ 1962 ގައެވެ.ހުވަދުއަތޮޅު އުތުރުބުރި (ގއ) އޮންނަނީ ގދ. އަތޮޅުގެ އިރު އުތުރުގަ އެވެ. މީހުން ދިރިއުޅޭ 9 ރަށް އަދި މީހުން ދިރިނޫޅޭ 82 ރަށް ހިމެނޭ މިއަތޮޅުގެ 2010 ވަނަ އަހަރުގެ އާބާދީއަކީ 12,953މީހުންނެވެ. މިއަތޮޅުގެ ވެރިކަން ކުރަނީ “ވިލިނގިލި” ގައެވެ. އަތޮޅަށް ދެވިފައިވާ އިގިރޭސި އަކުރަކީ  އެވެ.
ހުވަދުއަތޮޅު އުތުރުބުރި (ގއ) އަތޮޅަކީ މަސްވެރިކަމުގެ ރޮގުން ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެމަތީ ފަންތީގައި ގުނާލެވޭ އަތޮޅެކެވެ. ދަނޑުވެރިކަމުގެ ގޮތުން ފާހަގަ ކޮށްލެވޭ ބައެއް ރަށްތައް ވެސް މި އަތޮޅުގައި ހިމެނެ އެވެ. ދުނިޔޭގެ ނަންހިނގާ ބައެއް ބްރޭންޑް ތަކުގެ ރިޒޯޓްތައް މިހާރު ވަނީ މި އަތޮޅުގައި ހުޅާފަ އެވެ. އަދި އެ ފަދަ ބައެއް ފަރާތްތަކުން ރިޒޯޓް ހުޅުވުމުގެ މަސައްކަތް ވެސް ކުރަމުން އެބަ ގެންދެ އެވެ.

ނިމިފައިވާ ތަރައްގީގެ މަޝްރޫއުތައް

ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް

ކުރެވިފައިވާ އިޖުތިމާއީ މަސަތްކަތްތައް

ދެވަނަ ދައުރު (2014 - 2017)

ފުރަތަމަ ދައުރު (2011 - 2014)