Nov 16th

އުތުރު ހުވަދޫ އެވޯޑް ދިނުމުގެ ހަފްލާގެ ޑެކަރޭޓް ކުރުމަށް ހަވާލުކުރެވިފައިވާ ޓީމާއި ޚާއްޞަ ބައްދަލުވުމެއް ބޭއްވިއްޖެ

މިކައުންސިލުން ބާއްވަން ރާވާފައިވާ އުތުރު ހުވަދޫ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ޒީނަތްތެރިކުރުމަށް ހަވާލުކުރެވިފައިވާ ޓީމާއިއެކު މިއަދު ( 16 ނޮވެމްބަރ  2017 ގައި ) އަތޮޅު ކައުންސިލްގައި ބައްދަލުވުމެއް ބޭއްވިއްޖެ. މި ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަލްފާޟިލް އަހްމަދު ފުއާދާއި ، ނާއިބްރައީސް އަހްމަދު ނަޒްމީން އާއި ، ޑިރެކްޓަރ މުހައްމަދު ނަޞީރު އަލީ އާއި އ.ޑިރެކްޓަރ މުހައްމަދު ހަސަން އާއި ، އ.ލީގަލް އޮފިސަރ އަބްދުލް ހަމީދު ނާޞިރު ބައިވެރިވެ ލެއްވިއެވެ. [...]

ތަފްސީލް
Nov 16th

އަތޮޅުކައުންސިލްގެ އެކެފަރު ދޯނި ނީލަމުން ނެގި ފަރާތާއި ހަވާލުކުރެވިއްޖެ

މިކައުންސިލްގެ އެކެފަރު ދޯނި ސިޓީލާ ނީލަމުގައި ވިއްކާލުމަށް އަތޮޅުކައުންސިލްގެ 126 ވަނަ އާންމު ޖަލްސާއިން ނިންމެވުމާއި ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ހުއްދައަކާއިއެކު 04 އޮކްޓޯބަރ 2017 ގައި ސިޓީލާ ނީލަމުގައި ވިއްކާލުމަށް އިއުލާން ކުރުމާއިގުޅިގެން އަގުހުށަހެޅުއްވި ގއ. ގެމަނަފުށީ ހިތަދޫގޭ އަލްފާޟިލް އަޙްމަދު ޝާފިއު އެކެފަރު ދޯނި ގަތުމަށް ހުށަހެޅުއްވި އަގު ދައްކަން ކަނޑައެޅުނު މުއްދަތުގައި އަގު ދައްކާ ޚަލާސް ކޮށްފައިވާތީ 15 ނޮވެމްބަރ 2017 ގައި ދޯނި އަޙްމަދު ޝާފިއު އާއި [...]

ތަފްސީލް
Nov 16th

ޕޮލިސް އަތޮޅު ކޮމާންޑަރާއިއެކު ބައްދަލުވުމެއް ބާއްވައިފި

މިއަތޮޅަށް އަލަށް ހަމަޖެއްސި އަތޮޅު ކޮމާންޑަރ ތައާރަފްވެ ވަޑައިގަތުމަށްޓަކައި މިއަދު 15 ނޮވެމްބަރ 2017 ވަނަ ދުވަހު އަތޮޅު ކައުންސިލްގައި ބައްދަލުވުމެއް ބޭއްވިއްޖެ. މި ބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ހުރިހާ ކައުންސިލަރުންގެ އިތުރަށް ކައުންސިލްގެ ސިވިލްސަރވިސް މުވައްޒަފުންގެ ތެރެއިން އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި. މިގޮތުން ކައުންސިލްގެ ރައީސް އަހްމަދު ފުއާދާއި ނާއިބްރައީސް އަހްމަދު ނަޒްމީން އާއި ، ކައުންސެލަރ ހުސައިން އާދަމްގެ އިތުރުން ޑިރެކްޓަރ މުހައްމަދު ނަޞީރު އަލީ އާއި އ.ޑިރެކްޓަރ މުހައްމަދު ހަސަން އާއި އ. ޑިރެކްޓަރ [...]

ތަފްސީލް
Nov 15th

ގއ. ދާންދޫ ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ފެށިއްޖެ

ގއ. ދާންދޫ ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް 14 ނޮވެމްބަރ 2017 ވީ އަންގާރަ ދުވަހު 15،00 ގައި ފަށާ 18.00 އަށް މޮނިޓަރިން މަސައްކަތް ވަނީ ނިންމާލެވިފަ.  މޮނިޓަރ ކުރުމަށް ކުރެވުނު މިދަތުރުގައި އަތޮޅުކައުންސިލްގެ ފަރާތުން ވަޑައިގެންނެވީ ގއ. އަތޮޅުކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް އަޙްމަދު ނަޒްމީން އާއި ، ކައުންސިލަރ އަލްފާޟިލް ޙުސައިން އާދަމާއި ، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުހައްމަދު ހަސަން އާއި ، އަހްމަދު ހަސަން ދީދީ އާއި ، އެސިސްޓެންޓް ލީގަލް [...]

ތަފްސީލް
Nov 15th

ކޯސްޓަލް ނެވިގޭޝަން ކޯސް ލެވެލް 2 ފެށިއްޖެ

ގއ. އަތޮޅުގެ މަސްވެރިންނާއި ޒުވާނުންނަށް އަމާޒްކޮށްގެން ކޯސްޓަލް ނެވިގޭޝަން ކޯސް ލެވެލް 2  09 ނޮވެމްބަރ 2017 ގައި ފެށިއްޖެ. ގއ. އަތޮޅު ކައުންސިލާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް މެރިޓައިމް ސައިންސް ގުޅިގެން ހިންގޭ މިކޯހުގައި 30 ބޭފުޅުން ބައިވެރިވެ ލައްވާފައިވޭ. މިކޯސް ފެށުމުގެ ގޮތުން އަތޮޅުކައުންސިލްގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ގއ. އަތޮޅުކައުންސިލްގެ ނާއިބް ރައީސް އަލްފާޟިލް ނަޒްމީން މުޙައްމަދު. މިރަސްމިއްޔާތުގައި ވިލިނގިލީ ކައުންސިލްގެ ރައީސް އަލްފާޟިލް މުސްޠަފާ މުޙައްމަދާއި، ބައެއް ކައުންސިލަރުންނާއި އަތޮޅު ކައުންސިލްގެ [...]

ތަފްސީލް
Nov 15th

މާމެންދޫ ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ފެށިއްޖެ.

މިއަތޮޅު މާމެންދޫ ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް 8 ނޮވެމްބަރ 2017 ގައި ފެށިއްޖެ އެވެ. މޮނިޓަރ ކުރުމުގެ މި ދަތުރުގައި ބައިވެރިވެ ވަޑައިގެންނެވީ ކައުންސިލްގެ ނާއިބް ރައީސް އަޙުމަދު ނަޒްމީން ، ޑިރެކްޓަރ މުޙަންމަދު ނަޞީރު ޢަލީ،  އެސިސްޓެންޓް ޑިރެކްޓަރ މުޙަންމަދު ޙަސަން، ލީގަލް އެސިސްޓެންޓް ޢަބުދުލްޙަމީދު ނާޞިރު، އ.ރިސާރޗް އޮފިސަރ ޢަލީ އިބްރާހީމް، އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން ޙަސަން ޙަނީފް އެވެ. މޮނިޓަރިން ފެށުމުގެ ކުރިން މާމެންދޫ ކައުންސިލްގެ މެމްބަރުންނާއެކު ބައްދަލުވުމެއް ބޭއްވިފައިވެ އެވެ. [...]

ތަފްސީލް
Nov 03rd

ރަށުކައުންސިލް ތައް މޮނިޓަރ ކުރުމުގެ މަސައްކަތް ފެށިއްޖެ

އަތޮޅުކައުންސިލްގެ ފަރާތުން ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް މިއަދު ފެށިއްޖެ އެވެ. މޮނިޓަރ ކުރުމުގެ މަސައްކަތް ފެށީ މިއަތޮޅު ދެއްވަދޫއިންނެވެ.   މޮނިޓަރިންގ ފެށުމުގެ ކުރިން މިއަދު 14:15 ގައި ދެއްވަދޫ ކައުންސިލް މެމްބަރުންނާއި، ބައްދަލުކުރައްވައި މޮނިޓަރިންގ ދަތުރާބެހޭ މަޢުލޫމާތާއި އެންމެފަހުން ބޭއްވުނު ކައުންސިލްތަކުގެ މަހާސިންތާ ގައި ނިންމިކަންތައްތަކުގެ މަޢުލޫމާތު ހިއްސާ ކުރެވުނެވެ.   މި ދަތުރުގައި އަތޮޅުކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކައުންސިލްގެ ނައިބް ރައީސް އަޙުމަދު ނަޒްމީން ، އެސިސްޓެންޓް ޑިރެކްޓަރ މުޙަންމަދު ޙަސަން، [...]

ތަފްސީލް
Nov 03rd

އިސްލާމިކް ޔުނިވަރ ސިޓީގެ ޗާންސެލަރ އާއި އަތޮޅުކައުންސިލުން ބައްދަލުކުރައްވައިފި

އަތޮޅު ކައުންސިލުން މިއަހަރު ޑިސެމްބަރ މަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ އުތުރު ހުވަދޫ އެވޯޑަށް ފަންޑް ހޯދުމަށާއި ސަރުކާރުގެ އެކި އިދާރާތަކުން ކައުންސިލް ހިންގުމަށާއި އަތޮޅުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ހޯދުމަށް އަތޮޅުކައުންސިލުގެ ފަރާތުން މާލެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން މިއަދު ( 1 ނޮވެމްބަރ 2017 ގައި ) އިސްލާމިކް ޔުނިވަރ ސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި ބައްދަލުކުރައްވައިފި. އިސްލާމިކް ޔުނިވަރ ސިޓީގައި ބޭއްވި މި ބައްދަލުވުމުގައި [...]

ތަފްސީލް
Nov 03rd

އަތޮޅުކައުންސިލްގެ ރައީސް އިންނަވާ ކެބިން މަރާމާތުކުރަން ބަޔަކާއި ހަވާލުކޮށްފި

އަތޮޅުކައުންސިލްގެ އިމާރާތް މަރާމާތު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކައުންސިލް ރައީސް އިންނަވާ ކެބިން މަރާމާތުކުރުމުގެ މަސައްކަތް އެސް.އެޗް އިންވެސްޓްމެންޓާއި 01 ނޮވެމްބަރ 2017 ގައި ހަވާލުކޮށްފި. އަތޮޅުކައުންސިލް އާމްދަނީ ޚަރަދުކޮށްގެން ކުރަންހަމަޖެހިފައިވާ މަރާމާތުގެ މިމަސައްކަތަށް ބޭނުންވާ ތަކެތި ކައުންސިލުން ފޯރުކޮށްދީގެން މިމަސައްކަތް ކުރުމަށް އެސް.އެޗް އިންވެސްޓްމެންޓާއި ހަވާލުކުރެވިފައިވަނީ 9950.00 ( ނުވަހާސް ނުވަސަތޭކަ ފަންސާސް ) ރުފިޔާއަށް 5 ދުވަހުގެ މުއްދަތެއްގައި މަސައްކަތް ނިންމާގޮތަށެވެ. މިކަމާއިބެހޭ އެގްރިމެންޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އަތޮޅުކައުންސިލް އިދާރާގައެވެ. [...]

ތަފްސީލް
Oct 30th

ސްޓޭޓް ހައުސްގައި ކުރިން ބޭނުންކުރި ބައެއް ތަކެތި ނީލަން ކިއުން

މިއަތޮޅު ސްޓޭޓް ހައުސް ( ކުރީގެ އަތޮޅުގެ ) ގައި ބޭނުންކުރި ބާ ފަރުނީޗަރު ތަކާއި ބޭނުން ނުކުރެވޭ އެހެނިހެން ތަކެތި ނީލަން ކިއުން 27 އަދި 28 އޮކްޓޯބަރ 2017 ގައި ސްޓޭޓް ހައުސް ގޯތި ތެރޭގައި ބޭއްވިފައިވެއެވެ. ނީލަން ކިއުން ކުރިޔަށް ގެންދަވާފައިވަނީ އަތޮޅުކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ހަސަން ދީދީ އާއި އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ހަސަނެވެ. 2 ދުވަހުގެ މަތިން ކިއުނު ނީލަމުގައި ނީލަން ކިޔަން ނިންމެވި ހުރިހާ [...]

ތަފްސީލް