ތަޞައްވުރު
ހުވަދުއަތޮޅު އުތުރުބުރީގެ ރައްޔިތުންނަކީ، މާތްވެގެންވާ އިސްލާމްދީނަށް ވަފާތެރި، މާލީގޮތުން ފުދުންތެރި، ސިޔާސީގޮތުން ބާރުވެރި، ސަގާފީގޮތުން ހޭލުންތެރި، އިގްތިޞާދީގޮތުން އުފެއްދުންތެރި، ޑިމޮކްރެޓިކް ހަމަތައް ގަބޫލުކުރާ، އަމާން ވެށްޓެއްގައި ދިރިއުޅޭ، ތަހުޒީބުވެފައިވާ، ބަޔަކަށްވާނެ އެވެ.
ލަނޑުދަޑި
ލާމަރްކަޒީ އުޞޫލުން އިދާރީދާއިރާތައް ހިންގުމުގެ މަޤްޞަދުތައް، ޤާނޫނީ ހަމަތަކުގެމަތިން ރައްޔިތުންނަށް ޙާޞިލު ކޮށްދިނުން
ލާމަރްކަޒީ އުޞޫލުން އިދާރީދާއިރާތައް ހިންގުމުގެ މަޤްޞަދުތައް
ދީމުޤްރާޠީ، އަދި ޖަވާބުދާރީވަނިވި އުޞޫލުން، ރައްޔިތުން އެދޭ ގޮތަކަށް ރައްޔިތުންގެ ކަންކަން ނިންމައިދިނުން.އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ސަގާފީގޮތުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުން.
ރައްޔިތުން ބާރުވެރިކުރުން.
ރައްޔިތުންނާ އެންމެ ގާތުން، ފުޅާ ދާއިރާއެއްގައި ޚިދްމަތްދިނުން.
އަތޮޅުގައި އަމަން އަމާންކަން ދެމެހެއްޓުން.
